ads
ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމް
މި ސަރުކާރުން ހޯދައިނުދެވުނު އިންސާފު ރައީސް ނަޝީދަށް ހޯދައިދޭނަން: ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައި ނުދެވުނު ކަމަށެވެ.

 ޝިޔާމް މިހެން ވިދާޅުވީ ރޭ ސީއެންއެމް އިން ގެނެސްދިން "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޝިޔާމް ވިދާޅުވީ ނަޝީދަށް ދިން ހަމަލާ ކޮންމެ ޕްލެޓްފޯމެއްގައި ވެސް ކުށްވެރިކުރާނެ ކަމަށެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން މިހާރު މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީ އަށް ތާއީދުކުރައްވާ ކަމަށާއި، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުގެ ބަދަލުގައި އެ ކޮމިޓީން އެ މައްސަލަ ބަލަންޖެހޭނެ ކަމަށެވެ. 

ސިފައިންގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހިންގާ ޕާލަމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީގައި އޭނާ ސޮއިކޮށްފައިވާތީއެވެ. 

އެކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ މިފަދަ މައްސަލައެއްގައި މަޖިލީހަށް ފޮނުވި ސިޓީއެއްގައި ޑިފެންސް މިނިސްޓަރުގެ ނައިބު ލައްވާ ސޮއިކުރުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، އަދި މިއީ ޑިފެންސް މިނިސްޓަރު  ކަމުން ރެކިވަޑައިގަންނަވަން ވެގެން ކުރެއްވި ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.  

އަދި ސިޓީއެއްގައި ސޮޔެއް ކޮށްލަން ނުކެރުނު މިނިސްޓަރަކަށް މަގާމުގައި ދެމި ހުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އަދި އެހާ ހިސާބުންވެސް ޑިފެންސް މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް