މީހަކު ރައީސް މެކްރޮން ކަންކަށި މަތީގައި ޖަހާފައިވަނީ ދެކުނު ހުޅަނގު ފްރާންސްގެ ޑްރޯމްގައި އެގައުމުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ދަނިކޮށެވެ.
އަންގާރަ ދުވަހު ހިނގި މިހާދިސާއާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާއިރު، އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަނީ ރައީސް މެކްރޮން އެ ސަރަހައްދުގައި ތިބި މީހުންނާ ސަލާން ކުރަމަުން ދަނިކޮށް ފެހި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއް ކުއްލިއަކަށް ރައީސް ކަންކަށި މަތީގައި ޖަހާ މަންޒަރެވެ. އެއާއެކު ރައީސްގެ ސެކިއުރިޓީންގެ ބަޔަކު ރައީސް އެސަރަހައްދުން ދުރަށް ގެންދާތަން ފެންނަ އިރު އަނެއް ބަޔަކު ރައީސް ގައިގަ ޖެހި މީހާ ހައްޔަރު ކުރުމުގައި އުޅޭ މަންޒަރު ފެނެއެވެ.