ads
މަގުމަތީ ރޭންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 400އިން ދަށަށް
މާލޭ ސަރަހައްދުން ޕޮޒިޓިވްވި 217 މީހުން
ފާއިތުވި 24 ގަނޑިއިރުތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު 400 އިން ދަށްވެއްޖެ އެވެ.

ހެލްތު ޕްރޮޓަކްޝަން އެޖެންސީން އިއްޔެ އާއްމުކުރި މައުލޫމާތައް ބަލާއިރު ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ، 552 ގައެވެ. އަދި ފާއިތުވި ތިން ދުވަހުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދުވެސް އުޅެނީ 400 އާއި 600 ގައެެވެ.

އެހެންނަމަވެސް މިއަދުގެ އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަނޑިއިރުތެރޭ ނެގުނު 4،263 ސާމްޕަލުން ޕޮޒޮޓިވް ވެފަވަނީ 370 މީހަކެއެވެ. 

އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 217 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 148 މީހެއްގެ އިތުރުން، ރިސޯޓުތަކުން 04 މީހަކު އަދި ހަދަމުން އަންނަ ރިސޯޓުތަކުން 1 މީހެކެވެ. 

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް 68،872 އެރިއިރު، ބަލިޖެހިފައިވާ 17،461 މީހަކު މިވަގުތުވެސް ރާއްޖޭގައި އެބަތިއްބެވެ. 

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި 68،872 މީހުންގެ ތެރެއިން 51،213 މީހަކު ރަނގަޅުވެފައިވާއިރު، ބަލީގައި 189 މީހަކު ވަނީ މަރުވެފައެވެ. އަދި މިވަގުތު ހޮސްޕިޓަލުތަކުގައި އެޑްމިޓުވެގެން ފަރުވާ ހޯދަމުންދާ 152 މީހަކު ރާއްޖޭގައި އެބަތިއްބެވެ. 

މިއީ މިދިޔަ މަހުން ފެށިގެން މިހާތަނަށް މިއަދަދުތައް މިހާ ތިރިވި ފުރަތަމަ ފަހަރެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް