ads
އެލަން މަސްކް، ވަނެން ބަފެޓް އާއި ޖެފް ބެޒޮސް
އެމެރިކާގެ އެންމެ މުއްސަނދި މީހުން ޓެކްސް ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ
އެމެރިކާގެ މަހުޖަނުން ޓެކްސް ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ނޮން-ޕްރޮފިޓް އޯގަނައިޒޭޝަނެއް ކަމުގައިވާ ޕްރޮޕަބްލިކާއިން ރިޕޯޓްކުރާ ގޮތުގައި 2007 ވަނަ އަހަރު އޭރުގެ ބިލިއަނަރެއް ކަމުގައިވާ އަދި މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މިހާގެ މަގާމުގައި ހުރި އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސް އެންމެ ފައިސާ ފޮއްޗެއް ވެސް އިންކަމް ޓެކްސްގެ ގޮތުގައި ދައްކާފައެއް ނުވެއެވެ. އަދި 2011 ވަނަ އަހަރުވެސް ޓެކްސް ނުދައްކާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި 2011 ވަނަ އަހަރު ޓެސްލާގެ ވެރިޔާ އަދި ދުނިޔޭ ދެވަނައަށް އެންމެ މުއްސަނދި މީހާ އެލަން މަސްކް ވެސް އެއްވެސް ވަރަކަށް އިންކަމް ޓެކްސްއެއް ދައްކާފައެއް ނުވެއެވެ.

މައިކަލް ބްލޫމްބާގް ވެސް އެ ލިސްޓުގައި ހިމެނިފައިވެއެވެ. ކާލް އިކާން ދެފަހަރު ޓެކްސް ނުދައްކާ ދިޔަ އިރު ބިލިއަނަރު ޖޯޖު ސޮރޮސް ޖެހިޖެހިގެން ތިން އަހަރު އިންކަމް ޓެކްސް ނުދައްކައެވެ.

ޕްރޮޕަބްލިކާ އިން ވަނީ އިންޓާނަލް ރެވެނިއު ސާވިސް(އައިއާރުއެސް)ގެ ޑޭޓާ  ފައިލްސް ލީކް ކޮށްލާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ އެންމެ މުއްސަނދި މީހުން ހިމެނޭ ގޮތަށް އެތައް ހާސް މީހުންގެ ޓެކްސް ރިކޯޑްތައް ވެސް ހިމެނެއެވެ. ބޮޑު ލީކްގެ ތެރޭގައި 15 އަހަރު ދުވަހުގެ ޑޭޓާ ހުއްޓެވެ. 

މިފަހުން ޕްރޮޕަބްލިކާ އިން ލީކް ކޮށްލި އެމެރިކާ ސަރުކާރުގެ ސިއްރު އައިއާރުއެސް އިންޓާނަލް ރެވެނިއު ސާވިސް ޑޭޓާ ފައިލްތަކުން ވަނީ ގިނަ ބިލިއަނަރުން ޓެކްސް ނުދައްކާ ކަން ފާހަގަވެފައެވެ.

އެމެރިކާގައި ޓެކްސް ދެއްކުމުގައި މަހުޖަނުންނަށް ލުއި ދެވޭކަން އެއީ ޒަމާނުއްސުރެ އެގައުމުގެ މީހުން ދައްކަމުން އަންނަ ވާހަކައެކެވެ. ނަމަވެސް އައިއާރުއެސް ފައިލްސް އިން މަހުޖަނުން އެއްވެސް ވަރަކަށް ޓެކްސް ނުދައްކާވެސް ހުރިކަން ވަނީ ފަޅާ އަރާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް