ads
ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް
ޓްރީޓޮޕުން ހޯމް ކެއާ ހިދުމަތް ތައާރަފުކޮށްފި
ޓްރީޓޮޕް ހޮސްޕިޓަލުން ބަލި މީހާކައިރިޔަށް ޒިޔާރަތް ކޮށް ފަރުވާ ދިނުމުގެ ހިދުމަތް ތައާރަފުކޮށްފިއެވެ

މިހިދުމަތް ތައާރަފު ކުރުމާއިއެކު ޓްރީ ޓޮޕުން ފޯރުކޮށްދޭ ގިނަ ހިދުމަތްތައް ގޭގައި ތިބެގެން ހޯދޭނެކަމަށް ޓްރީ ޓޮޕުން  މައުލޫމާތުދެއެވެ. 

އެގޮތުން ޖެނެރަލް، ސްޕެސަލިސްޓް، ސުޕާ ސްޕެސަލިސްޓް ޑޮކްޓަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއިއެކު ދައްކާލުމާއި، ލެބޯޓްރީ ސާމްޕަލްސް، ކޮވިޑް ސަމްޕަލްސް ގޭގައި ތިބެގެން ނަގާލުމުގެ އިތުރުން ބޭސްސިޓީ ގައި ހުރި ބޭސް ގެޔަށް ގެންގޮސްދިނުން ފަދަ ފަސޭހަތައް ހިދުމަތް ހޯދާ ފަރާތް ތަކަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލް މައުލޫމާތުދެއެވެ.

މި ހިދުމަތް ފޯރުކޮށްދިނުމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެކަމަށާއި އެގޮތުން ހާއްސަ ސިއްހީ ޕްރޮޓޮކޯލްތަކެއް ހުންނާނެކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެގޮތުން ބަލި މީހާގެ ގެޔަށް ޒިޔާރަތް ކުރާ ސިއްހީ ހިދުމަތްތެރިން ތިބޭނީ ޕީޕީއީ އަޅައިގެން ކަމަށާއި ސެނިޓައިޒޭޝަން އަދި ޓެމްޕަރޭޗާ މޮނީޓާ ކުރުމަށް ހާއްސަ ގައިޑްލައިނެއް އެކުލަވާލާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

ޓްރީޓޮޕުން އިތުރަށް ފާހަގަ ކުރިގޮތުގައި މި ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނީ ތަޖުރިބާ ހުރި ސިއްހީ އެހީތެރިންނެވެ. އަދި ބޭނުން ކުރާނީ އެންމެ ފަހުގެ ޓެކްނޮލަޖީ، ކޮލިޓީ އަދި ރައްކާތެރި އަލާތް ކަމަށް ހޮސްޕިޓަލުން ބުނެއެވެ 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް