ads
ސައިން ލެންގުއޭޖް ކިޔަވައިދޭ 5 އަހަރު ކުއްޖާ
މިއީ އުމުރުން އެންމެ 5 އަހަރުގެ ސައިން ލެންގުއޭޖް ކިޔަވައިދޭ ކުއްޖެއް
އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖެއް ސައިން ލެންގުއޭޖް ކިޔަވައިދޭން ފަށައިފިއެވެ. ސައިން ލެންގުއޭޖް ކިޔަވައިދޭން ފަށާފައި ވަނީ ޖޯޑަންގެ ހިސާބެއްގައި ދިރިއުޅެމުންދާ އައުސް ނަމަކަށް ކިޔާ ކުއްޖާ ކުއްޖެކެވެ.

ޔޫޓިޔުބް މެދުވެރިކޮށް ހުނަރުވެރިކަން ދައްކަމުންދާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިފަހަރުވެސް މިވަނީ ހަމަ އެފަދަ ހުނަރެއް ދައްކާލާފައެވެ. އެހެން ނަމަވެސް މިފަހަރު ހުނަރު ދައްކާލާފައިވަނީ އުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުޑަ ކުއްޖެކެވެ. 

ޖޯޑަންގެ ހިސާބެއްގައި ދިރިއުޅެމުންދާ އުމުރުން އެންމެ ފަސް އަހަރުގެ އައުސް ނަމަކަށް ކިޔާ މި ކުއްޖާ ވަނީ ޔޫޓިއުބް މެދުވެރިކޮށް ސައިން ލެންގުއޭޖް ކިޔަވައިދޭން ފަށާފައެވެ. އެގޮތުން "ސައިން ލެންގުއޭޖް ވިތް އައުސް" ނަމުގައިވާ މި ޕޭޖް މެދުވެރިކޮށް ހިއްސާކޮށްފައިވާ  ތިން މިނިޓްގެ ވީޑިއޯގައި އޭނާ ބުނެފައިވަނީ އޭނާ އެފަދަ ވީޑިއޯ ހަދަނީ އަޑުއިވުމުން މަހުރޫމުވެފައިވާ ކުދިންނަށް އޭނާގެ ފަރާތުން ފައިދާވާ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. 

އިތުރަށް އޭނާ ފާހަގަކުރީ މިގޮތަށް ވީޑިއޯ ހެދުމުގެ އަނެއް މަގުސަދަކީ އޭނާގެ ކާފަމެންނާ ވާހަކަދެއްކުން ކަމަށެވެ. އެއީ އެމީހުންނަނީ އަޑުއިވުމުގެ ދަތިތަށް މިހާރު ކުރިމަތިވެފައިވާ މީހުންނަށް ވާތީއެވެ. އަދި ސައިން ލެންގުއޭޖް ދަސްކޮށްފައިވަނީ އޭނާގެ ބައްޕަގެ ފަރާތުންކަމުގައިވެސް އެކުއްޖާ ބުނެފައި ވެއެވެ. 

ފަސް އަހަރުގެ ކުއްޖާގެ ބައްޕަ ބުނީ އައުސްއަކީ ފުރިހަމައަށް ވާހަކަދައްކާ ކުއްޖެއް ކަމަށެވެ. އަދި ސައިން ލެންގުއޭޖަކީ އޭނާއަށް އިތުރަށް ލިބިފައިވާ ހުނަރެއް ކަމަށެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް