ads
ޕްރިޔަންކާ އަދި ކަރީނާ ޝޯގެ ތެެރެއިން
ޕްރިޔަންކާ އަތުން ކަރީނާ ބޭނުންވާ އެެއްޗަކީ މިއީ
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަަމަށްވާ ޕްރިންުޔަންކާ އާއި ކަރީނާ ވަނީ އަ ކޮފީ ވިތު ކަރަންގައި އެކީ ބައިވެރިވެ ދިރުއުޅުމުގެ ވަރަށް ގިނަ ކަންކަން ހާމަކޮށްފައެވެ.

އެގޮތުން އެ ޝޯގެ ތެރެއިން ކުރިއަށް ދިޔަ ރެޕިޑް ފަޔާ އެއްގެ ތެރެއިން ކަރަންވަނީ ކަރީނާ ކައިރީ "ޕްރިޔަންކާ އަތުގައި އޮތް އެއްޗެއް ކަރީނާ އަތުގައި އޮތް ނަމައޭ ހިތަށް އަރަނީ ކޯޗެއް ހެއްޔެވެ؟" ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބުދެމުން ކަރީނާ ވަގުތުން ބުނެފައިވަނީ ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޮނަސް ކަމަށެވެ. އަދި ޖޮނަސް ބްރަދާސްވެސް ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ. ޕްރިޔަންކާވެސް އިން އެ ޝޯގައި އެ އަޑުއިވުމުން ޕްރިޔަންކާވަނީ ހޭންފަށާފައެވެ. އެހެންނަަމަވެސް އިތުރު އެއްޗެއް ނުބުނެއެވެ. 

ޕްރިޔަންކާ އެއްޗެއް ނުބުނިނަމަވެސް ކަރަން ވަނީ ޖޮނަސް ބޭނުންވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. ކަރީނާ ބުނީ އެއީ ޖޮނަސް ކިޔުޓް ވީމަ ކަމަަށެވެ. 

ނިކް އާއި ޕްރިޔަންކާގެ ކައިވެންޏަށް މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ނިކް ޕްރިޔަންކާ އަށް ޕްރޮޕޯސް ކުރީވެސް ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން ނިކް ޕްރިޔަންކާއަށް ޕްރޮޕޯސް ކޮށްފައިވަނީ 200,000 ޑޮލަރުގެ ޑައިމަންޑު އަނގޮޢްޓި އަކުންނެވެ.

ނިކް އާއި ޕްރިޔަންކާގެ ޖޯޑަކީ ގިނަ ބަޔެއްގެ މަގްބޫލުކަމާއި ލޯބި ލިބިފައިވާ ޖޯޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް