ads
ބ.ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން---ފޮޓޯ: މަޖިލިސް
"ފާހާނައިގެ އިސްކުރުން ފެން ނަގާ ބަޔަކު މިހާރަކު ނޫޅޭ"
ރާއްޖޭގައި ދިރިއުޅެމުންދާ އެންމެ އާދައިގެ މީހާވެސް މިހާރު ބިންމަތީ ކުނާއަޅައިގެން އަދި ފެން ބޯންވީމައި ފާހާނާއިގައި ހުންނަ ރީތި ފެން ނަގައިގެން އެ ފެން ބޯ ބަޔަކުވެސް މިހާރު ދިވެހި ރާއްޖެއަކު ނޫޅޭނެ ކަމަށް ބ.ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
Advertisement
ރާއްޖޭގައި ދިރިއުޅެމުންދާ އެންމެ އާދައިގެ މީހާވެސް މިހާރު ބިންމަތީ ކުނާއަޅައިގެން އަދި ފެން ބޯންވީމައި ފާހާނާއިގައި ހުންނަ ރީތި ފެން ނަގައިގެން އެ ފެން ބޯ ބަޔަކުވެސް މިހާރު ދިވެހި ރާއްޖެއަކު ނޫޅޭނެ ކަމަށް ބ.ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޖަލުތައް އުސްލާހު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުކަމަށްވާއިރު އެ މަސައްކަތް އެންމެ ރަނގަޅަށް ހިނގަމުންދާ ކަމަކަށް ނުފެންނަ ކަމަށް ވިދާޅުވެ އަލީ ހުސެއިން ކުރެއްވި ޓްވީޓަކާއި ގުޅިގެން ސީއެންއެމުން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޖަލުތައް އިސްލާހު ކުރުމަށްޓަކައި ޖަލު ހިނގުމަށް ކަމަށް ގާބިލް އަދި ޕޮރްފެޝަނަަލް މީހުން އިސްކުރަންޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޖަލަކީ އިންސާނުން އުޅެން ހެޔޮވާ ވަރުގެ ތަނެއްނޫން ކަން ފާހަގަ ކުރައްވާ އަލީ ހުސެއިން ވިދާޅުވީ ގާނޫނުން ބުނާ ދަރަޖައިގެ އެންމެ ދަށު ދަރަޖައަކަށްވެސް ޖަލުގެ މިންވަރެއް ނުގެނެވޭ ކަމަށެވެ. އެހެންކަމުން ޖަލެއްގައި އިންސާނުންތަކެއް އުޅޭ ކަމަށްވާނަމަ އެ ގައުމެއްގެ ދިރިއުޅޭ އެންމެ އާދައިގެ މީހުން ދިރިއުޅޭ ދަރަޖައިގެ މިންވަރަށް އެންމެ ކުޑަމިނުން ޖަލުގެ ހާލަތު ހުންނަން ޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"އަދި އެއަށްވުރެ ދަށް ދަރަޖައެއްގައި ޖަލުގެ ހާލަތު ހުރުމުން ކަމަކު ނުދޭ. މިހާރަކު ރާއްޖޭގައި ނުތިބޭނެ ތަޅުންގަނޑު މަތީގައި ކުނާ އަޅައިގެން ނިދާ ބަޔަކު. މިހާރަކު ދިވެހި ރާއްޖެއަކު ދިރިނޫޅޭނެ ފަންކާ އެއް ނެތް ބަޔަކު. މިހާރަކު ނޫޅޭނެ ފެންބޯންވީމަ ބޯފެން ފާހާނައިގެ އިސްކުރުން ފެން ނަގައިގެން ބޯނެ ބަޔަކު." އަލީ ހުސެއިން ވިދާޅުވިއެވެ.

އަދި މިއިން އެއްވެސް ކަމަކަށް ބަދަލެއް ނާންނަ ކަން ފާހަގަ ކުރައްވާ އަލީ ހުސެއިން ވިދާޅުވީ ގާނޫނުގައިވެސް ބުނެފައި ވަނީ ނިދަން ކުނަލެއް ނުވަތަ ތުނި ގޮދަޑިއެއް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް ނިދަން ތުނި ގޮދަޑީގެ ބަދަލުގައި ކުނާ ދޭންޖެހޭ އެއްވެސް ސަބަބެއް ނުވިސްނުނު ކަމަށާއި އަދިވެސް ހިރަފުސް ތަޅުންގަނޑު މަތީގައި ނިދަން ޖެހޭނީ ކީއްވެގެން ކަމެއް ނޭގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަންކަމަކީ މިހާރު ބަދަލުވާންޖެހޭ ކަންތައްތައް ކަމަށާއި އެކަންތައްތައް ރަނގަޅު ކުރުމަށް ފާއިސާނެތޭ ބުނުމަކުން މިހާރަކު ނުފުދޭ ކަމަށް އަލީ ހުސެއިންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ގެއްލުމުގެ ބަދަލުގެ ގޮތުގައި ފުދޭވަރަކަށް އެބަދެވޭ. ކުރަންވީމާ އެބަ ކުރެވޭ. ޕްރަޔޯރިޓީސްތައް މި އުޅެނީ ނުދެވިގެން. ފާއިސާނެތިގެންނޭ ނުވަތަ ރިސޯސް ނެތިގެންނޭ ނުކުރެވިގެން އުޅެނީ ބުނީމަ އެއީ ހަމަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް." އަލީ ހުސެއިން ވިދާޅުވިއެވެ.

ކޮންމެކަމަކީވެސް ހިތުގެ އަޑިން ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ކަން ގަބޫލު ކުރަންޖެހޭކަން ފާހަގަ ކޮށް އަލީ ހުސެއިން ވިދާޅުވީ ޖަލުތަކުގައި މީހުން ގެން ގުޅުމާއި އެ މީހުން އިސްލާހު ކުރެވޭނީ ޕްރޮފެޝަނަލް މީހުން ނެތި އެކަންކަން ހައްލު ނުކުރެވޭނެ ކަމަށެވެ.

"މިލިޓްރީ މައިންޑަކުން ޖަލުގެ ކަންތައްތަކެއް އިސްލާހެއް ނުކުރެވޭނެ. އެއަށްވުރެ ބޮޑަށް ހިއުމަން އެޕްރޯޗެއް ގެންގުޅެންވީ." އަލީ ހުސެއިން ވިދާޅުވިއެވެ.

އެހެންކަމުން ޖަލު އިސްލާހު ކުރެވޭނީ އެކަމުގެ ފަންނީ މީހުން އެތަނަށް ލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް