ads
ޝެފާލީ ޝާހް
ޝެފާލީ ބުނަނީ ބޮލީވުޑުގެ ބޮޑެތި ފިލްމުތަކަކަށް ނޫނޭ ބުނި ކަމަށް
އާންމުންގެ މެދުގައި މަގުބޫލުވި ވެބް ސީރީޒްތަކެއް ވެސް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ ޝެފާލީ ޝާހް، ބޮލީވުޑުގެ ބޮޑެތި ފިލްމުތަކަށް ނޫނެކޭ ބުނި ކަމަށް އޭނާ ބުނެފިއެވެ.

އޭނާގެ އިންސްޓަގްރާމްގައި ފޭނުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ސްޓޯރީތަކުގައި ބޮލީވުޑުން ނުކުޅެ ދޫކޮށްލި ފިލްމުތައް ބުނެދޭން އެދުމުން ޝެފާލީ ބުނީ ގިނަ ފިލްމުތަކެއް ހުންނާނެ ކަމަށެވެ. 

އެގޮތުން ސޯނަމް ކަޕޫރު ފެނިގެން ދިޔަ ފިލްމު ނީރްޖާ އާއި އާލިޔާ ބަޓް ފެނިގެން ދިޔަ ފިލްމު ކަޕޫރު އެންޑް ސަންސްގެ ނަން ޝެފާލީ ފާހަގަކުރިއެވެ.

އުމުރުން 48 އަހަރުގެ ޝެޕާލީ އަކީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިޕުލް ޝާހްގެ އަންހެނުންނެވެ. ވިޕުލް އަކީ "ނަމަސްތޭ ލަންޑަން" އާއި "ސިންގް އިޒް ކިންގް" އަދި "އެކްޝަން ރިޕްލޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. 

ޝިފާލީ ކުޅެފައިވާ ވެބް ސީރީޒް އެއް ކަމަށްވާ ދިއްލީ ކްރައިމް އިން ވަނީ ބައިނަލް އަގްވާމީ ގިނަ އެވޯޑުތަކެއް ހޯދާފައެވެ. 

އާންމުކޮށް ސަޕޯޓިން ރޯލްތަކުން ފެންނަ ޝެފާލީ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ސަތިއާ"، "މުހައްމަބަތޭން"، "ވަގުތު: ރޭސް އެގެއިންސްޓް ޓައިމް"، "ގާންދީ: މައި ފާދާ"، "ދިލް ދަޅަކް ނޭ ދޯ" އަދި "ބްރަދާޒް" ހިމެނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް