ބުރާސްފަތި ދުވަހު ދިއްލީ ހައި ކޯޓުން ވަނީ އެ ފިލްމު އުފެއްދޭނެ ކަމަށް ހުކުމް ކޮށްފައެވެ.
ޝާންތުގެ ހަޔާތައް އުފައްދާ ފިލްމުތައް ހުއްޓުވަން, އޭނާގެ ބައްޕަ އެދުނީ، އޭގެ ސަބަބުން ސުޝާންތު މަރުގެ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ބުނެއެވެ.
ސުޝާންތުގެ ބައްޕަ އެ މައްސަލައިގައި ބުނީ އޭނާގެ ހަޔާތައް ފިލްމެއް އުފެއްދުމުން ސުޝާންތުގެ ޕްރައިވެސީގެ ހައްގަށް ވެސް އުނިކަން އަންނަ ކަމަށެވެ.
ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ 2020 ވަނަ އަހަރު ޖޫން މަހުގެ 14 ވަނަ ދުވަހު މަމްބާއީގައި ހުންނަ އޭނާގެ އެޕާޓްމެންޓުގައެވެ.