ads
އަލީފުށީ ދާއިރާގެ މެންބަރު އަދި ރައީސް ނަޝީދު
ރައީސް ނަޝީދު މެންބަރު ބިގޭއަށް: އެހެން މެންބަރުންގެ ވަފާތެރިކަމުގެ ވާހަކަ ނުދައްކަވާ
އެހެން މެންބަރުން އެމަނިކުފާނަށް ވަފާތެރިވާ ވާހަކަ ނުދެއްކެވުމަށް އަލީފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ)ގެ ކިބައިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބޭރުކޮށްލި މައްސަލަ އާ ގުޅިގެން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ އެ މައްސަލަ ބޭރުކޮށްލެއްވުމުގައި ރައީސް ސޯލިހުގެ ޅިޔަނެއް ކަމަށްވާ މެންބަރު ރަޝީދުގެ އަތެއް ވާކަމަށް ބުނެ އެމްޑީޕީގެ ގިނަ މެންބަރުން އަންނަނީ ބިގޭއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މި މައްސަލަ ހޫނު ވެފައިވަނިކޮށް ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީފުށީ ދާއިރާގެ މެންބަރު ސިޔާސީ ފައިދާއަށް ކުރައްވާ ކަންކަމާއި ބުނުއްވާނެ ބަސްފުޅުތައް އެނގިވަޑައިގަންނަވާނީ އެބޭފުޅާއަށް ކަމަށެވެ. 

އަދި އެމަނިކުފާނަށް ރަނގަޅީ އެމަނިކުފާނަށް ވަފާތެރިވާ މީހުންގެ ވާހަކަ މެންބަރު ނުދެއްކެވުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެ ބޭފުޅާ ނުދެއްކެވިއްޔާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލާގައި ޒަމީލުގެ މައްސަލަ ނުބަލަން އިމްތިޔާޒު ކޮމިޓީން ނިންމީ އެމްޑީޕީގެ ހަތަރު މެންބަރުންވެސް ވޯޓު ދެއްވައިގެންނެވެ. އެ ބޭފުޅުންގެ ނަންފުޅުތައް ހާމަވުމާއެކު އެ ބޭފުޅުން މިހާރު ގެންދަވަނީ އެކަމުގެ ކަންބޮޑުވުން ހާމަކުރައްވައި ކޮމިޓީގެ ކަންކަން ހާމަވި ގޮތް އޮޅުންފިލުއްވަން މަސައްކަތްކުރައްވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް