ads
މިނީޝާ އޭނަގެ ކުރީގެ ފިރިމީހާއެކު
އުފަލެއް ނުލިބުނު، ކައިވެނި ރޫޅާލަނީ އުފަލުގައި އުޅުމަށް: މިނީޝާ
ކޮންމެ މީހަކަށްވެސް އުފަލުގައި އުޅުމުގެ ހައްގު އޮންނަންވާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި މިނީޝާ ބުނެފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ބަޗްނާ އޭ ހަސީނޯ"، "ކިޑްނެޕް" އަދި "ހަނީމޫން" ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މިނީޝާ މިހެން ބުނެފައިވަނީ ރަޔާން ތަމް އާއެކު ފަސް އަަހަރުވަންދެން ޖަހާފައިވާ ކައިވެނީގެ "ގޮށް މޮހާލުމާ" ހިސާބަަށް އައުމުންނެވެ. 

ބޭރުގެ އޮންލައިން ނޫސްތަކަށް މައުލޫމާތު ދެމުން މިނީޝާ ބުނެފައިވަނީ ކައިވެނި ރޫޅާލުމަކީ ފަސޭހަ ކަމެއް ނޫން ކަމެވެ. އެހެން ނަމަވެސް ޓޮކްސިކް ރެލޭޝަންޝިޕެއްގައި އުޅުމަށްވުރެ އެގޮތް މާ ބޮޑަށްވެސް ރަނގަޅުކަމަށެވެ. 

އޭނާ އިތުރަށް ބުނެފަައިވަނީ ވަކިވުމަކީ އުނދަގޫ ކަމެއް ނަމަވެސް އަމިއްލަ ނަފުސުދެކެވެސް ލޯބިވާން ޖެހޭ ކަމަށެވެ. އަދިވެސް އޭނާ ފާހަގަކޮށްފައިވަނީ އަދުގެ އަންހެނުންނަކީ، ޒަވާޖީ ހަޔާތް އުފާވެރި ނޫންނަމަ އުފާވެރިކަން އިހުތިޔާރުކުރުމުގެ މިނިވިކަން އޮތްކަން އެނގޭ ބައެއް ކަމަށެވެ. 

މިނީޝާއާއި ރަޔާން އާ އެންމެ ފުރަތަމަ ދިމާވީ ނައިޓް ކްލަބްކުން 2013 ވަނަ އަހަރުގައެވެ. އަދި ދެ އަހަރު ޑޭޓް ކުރުމަށް ފަހުގައި ކައިވެނީގެ ގޮށް ޖަހާފައިވަނީ 2016 ވަނަ އަހަރު ޖުލައި މަހުގެ 16 ވަނަ ދުވަހުގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް