ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
އުފަންވާ ކުދިންގެ ބިލު ހުށަހެޅީ ސަރުކާރުން ފޮނުވި ގޮތަށް، އިސްލާހު ކުރާނަން: މުއިއްޒު
އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭ ޖޫރިމަނާކުރާ ބިލު ހުށަހެޅީ އެ ބިލު ސަރުކާރުން ފޮނުވި ގޮތަށް ކަމަށް ބިލް މަޖިލީހަށް ހުށަހެޅި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ބިލާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައެވެ.

ކަންބޮޑުވުންތަކާ ގުޅިގެން މެންބަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އުފަންވުމާއި މަރުވުން، ރަޖިސްޓްރީކުރުމާއިި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހެއްދުމާބެހޭ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުން ފޮނުވި ގޮތަށް ކަމަށާއި ބިލުގައި ރައްޔިތުންގެ ކަންބޮޑުވުންް ހުރި މާއްދާތަކަށް ކޮމެޓީ މަރުހަލާގައި ދިރާސާކުރެވި އިސްލާހު ހުށަހެޅިގެން ދާނެ ކަމަށެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ އަލަށް އުފަންވާ ކުދިންނަށް ނަން ދިނުމަށް ދީނީ ގޮތުން ވެސް އެކަމަށް އޮންނަ މުއްދަތަކީ ހަތް ދުވަސް ކަމަށްވާއިރު، ރެޖިސްޓްރީ ކުރުމަށް 7 ދުވަހަކީ މާ ކުރު މުއްދަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް މި ބިލަށް ބަހުސަށް ހުޅުވާލައި މިކަމަށް އިސްލާހުތަކެއް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު މުއިއްޒު ހުށަހެޅުއްވި ބިލުގައިވާގޮތުން އެ ކުއްޖާ އުފަންވާތާ ހަތްދުވަސްތެރޭގައި އެ ކުއްޖާ އުފަން ވި ރަށެއްގެ ރަށު ކައުސިލަށް ނުވަތަ ސިޓީ ކައުސިލަށް އެ ކުއްޖާ ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭނެއެެވެ. އެ ގޮތުން ހަތް ދުވަހުގެ ކުރިން ފޫޅުމައި ފޯމް ފުރަފައި ހުށަހެޅުން، އެ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔަކަށް ލާޒިމްވާނެއެވެ. 

ރާއްޖޭގައި ދިރިއުޅޭ ކުއްޖަކު ރާއްޖޭން ބޭރުގައި ވިހައިފިކަމުގައި ވަނީނަމަ އެ ގައުމެއްގައި ރަޖިސްޓްރީ ކުރިކަމުކަމުގެ ލިޔުން ހޯދާ ރާއްޖެ އަންނަތާ އެއް ހަފްތާ ތެރޭގައި އެ ލިޔެކިޔުންތައް ހުށައަޅައިގެން ރަޖިސްޓްރީގެ ކަންތައް ކުރަން ޖެހޭނެކަމަށެވެ. ރާއްޖޭން ބޭރުގައި ދިރިއުޅޭ ރާއްޖޭގެ ކުއްޖެއް ވިހައިފި ކަމުގައިވާ ނަމަ  އެގައުމެއްގައި ރަޖިސްޓްރީ ވާތާ ހަ މަސް ތެރޭ އެ ގައުމެއްގައި ރަޖިސްޓްރީ ވެފައިވާ ކަމުގެ ލިޔެކިޔުންތަކާއި އެކު ހުށަހަޅައި ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ.

މި ގާނޫނާއި ހިލާފުވާ ފަރާތްތައް 10000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. 

ކުރިން އޮތް ގޮތުން ވިހާތާ ހަތް ދުވަސް (ސަރުކާރު ބަންދު ދުވަސް ނުލާ) ހަމަވެއްޖެނަމަ 5 ރުފިޔާ ޗާޖު ކުރެއެވެ. އަދި އިތުރުވާ ކޮންމެ ދުވަހަކަށް އެއް ރުފިޔާ ޗާޖު ކުރެއެވެ. މި ބިލަށް އަމަލު ކުރަން ފަށާފައިވަނީ 1992 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް