ads
ރާއްޖެ ޓީމުގެ ކޯޗް
ޗައިނާއިން އަނެއްކާވެސް ރާއްޖެ ކޮޅަށް ފަސް ލަނޑު
ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއިން އަނެއްކާވެސް ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހައިފިއެވެ. ދުބާއީގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ޗައިނާ މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ.

ރާއްޖެއާ ޗައިނާ، ވޯލްޑް ކަޕް ކޮލިފައިން އަދި އޭޝިއަން ކަޕް ކޮލިފައިންގައި މި ފަހަރު މާލޭގައި ކުޅުނު މެޗުންވެސް މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ. އެ މެޗު ކުޅުނީ ދެހާސް ނަވާރަވަނަ އަހަރުއެވެ. ހުކުރު ދުވަހުގެ ރޭ ދުބާއީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއިން ރާއްޖެ ކޮޅަށް ދެ ލަނޑު ޖެހިއެވެ. އަނެއް ތިން ލަނޑު ޖެހީ ދެވަނަ ހާފުގައެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގައި ހުކުރު ދުވަހުގެ ރޭ އިރާކޮޅު ކުޅުނު މެޗުން ގުއާމް އަތުން ފިލިޕީންސް މޮޅުވެ، ފަހު މެޗުގައި ޗައިނާ އަތުން ރާއްޖެ ބަލިވުމާއެކު ގްރޫޕުގެ ބާކީ އެއް މެޗު އޮއްވާ، ރާއްޖެއަށް ލިބޭނީ ހަތަރުވަނަކަންވަނީ ޔަގީންވެފައެއެވެ. އެއީ ތިންވަނައިގަ އޮތް ފިލިޕީންސް މިހާރު ދިހަ ޕޮއިންޓް ހަމަކޮށްފައިވާއިރު، ރާއްޖެއަށް ހޯދުނީ އެންމެ ހަ ޕޮއިންޓްކަމަށްވާތީއެވެ.

ފަހު މެޗުން ރާއްޖެ ފިލިޕީންސް އަތުން މޮޅުވިޔަސް ލިބޭނީ ޖުމްލަ ނުވަ ޕޮއިންޓެވެ. އެހެންކަމުން، ފަސް ޓީމު ހިމެނޭ ގްރޫޕުން ރާއްޖެއަށް ލިބުނީ ހަތަރުވަނައެވެ. ގްރޫޕުގެ އެއްވަނައިގަ އޮތީ ކުޅުނު ހަތް މެޗުވެސް ކާމިޔާބުކުރި ސީރިއާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް