ads
ހަސަން ލަތީފް——
ދެބައިވީ އެމްޑީޕީން ބޭނުންވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވީމަ: ލަތީފް
މަސައްކަތް ދެބައިވީ އެމްޑީޕީން ބޭނުންވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެެއްޖެ އެވެ.

ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ މަސައްްކަތްތައް ދެބައިވާންޖެހުނީ އެމްއެމްޕީއާރްސީ މައްސަލަ އާއި ކޮރަޕްޝަން މައްސަލަތައް ބަލަން ފޫކަހަން ފެށުމުން ކަމަށެވެ. އަދި ސަރުކާރާއި، ޕާޓީގެ ގުޅުން ހީނަރުކޮށްލުމުންކަން ފާހަގަކުރަމުން ލަތީފް ވިދާޅުވީ މަސައްކަތް ދެބައިވާންޖެހުނީ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި އެކަހެރިކޮށްލުމުން ކަމަށް ވިދާޅުވެފަައެވެ.

“ޖުމުލަކޮށް ބުނާނަމަ ރައީސް ނަޝީދު އާއި ޕާޓީ އެކަހެރިކޮށް، ސަރުކާރު ހިންގަން އުޅުނީމަ”ލަތީފް ވިދާޅުވިއެވެ.

ލަތީފް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުގައި އަލީފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ)ގެ އަަތެއްވާކަމަށް ބުނެ ފާޑުކިޔަމުންދިޔަ ދަނޑިވަޅެއްގައި އިއްޔެ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި “އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ” ކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވައެވެ.  

އެ އިންޓަވިއުގައި “އެމްޑީޕީގެ މަސައްކަތް ދެބައިވެދާނެތޯ؟” ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ބިގޭ ވިދާޅުވީ، “އިސްލާހީ މަސައްކަތާއި، އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި އެއްވެސް މީހަކު އެ ޕާޓީ ބައިބައިވުމަށް ބޭނުން ނުވާނެ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ" ކަމަށެވެ.

ހުދު އެމްޑީޕީގެ ތެރެއިން ސަރުކާރާއި ދެކޮޅަށް ހިންގާ ކަންތައްތަކުގެ ސަބަބުން ސަރުކާރު ވެއްޓިދާނެތޯ ކުރެވޭ ސުވާލަށްވެސް ބިގޭ ވަނީ ޖަވާބު ދެއްވާފައެވެ. ބިގޭ ވިދާޅުވީ އެމްޑީޕީއަށް ހެޔޮއެދޭ އަދި އިސްލާހީ މަސައްކަތްތަކަށް ގުރުބާނީވި އެއްވެސް މީހަކު އެކަން އެމަގުން ދިއުމަށް ނޭދޭނެ ކަމަށާއި އެހެންނަމަވެސް ގޮންޖެހުންތަކާއެކުވެސް ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތަށް އުންމީދު ކުރެއްވި ނަމަވެސް ކަންބޮޑުވުންތަކެއް ހުރިކަންވެސް ބިގޭ ފާހަގަކުރެއްވިއެވެ. އެ އުންމީދުތައް އެހެން އޮތްނަމަވެސް ކުރީގެ ރައީސް މައުމޫން އާއި ކުރީގެ ރައީސް ޔާމީން އާއި ދެމެދު ހިޔާލުތަފާތުވުންތައް ބޮޑުވެ ޕީޕީއެމް ތެރެ ދެކަފިވެގެންދިޔަ ގޮތަށް އެމްޑީޕީ ވެސް އެ މިސްރާބަށް ހިނގާދާނެތީ ކަންބޮޑުވުންތަކެެއް ހުރިކަން ބިގޭ ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑުގެ އެބައޮތް ކަންބޮޑުވުން އަޅުގަނޑުމެންގެ ތެރޭގެ ހިޔާލުތަފާތުވުން ބޮޑުވެ، އަޅުގަނޑުމެންގެ މިޖަވާބުދާރީ ކުރުވުމާއި ވެރިކަމުގެ ނިޒާމާ މި އޮންނަ ގުޅުމުގެ ތެރޭގައި ތަން ނެތް ވަރަށް ހިޔާލުތަފާތުވުން ބޮޑުވެ، މި ގޯސް ހިނގާފައިނެތީ" ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކޯޅުން އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ވަކި ބޭފުޅަކަށް ލިބެންދެން އެގޮތުގައި ކުރިއަށް ދާނެކަން ބިގޭ ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް