ސިމްޕަލް ވެޑިން ތީމަކަށް ކުރިއަށް ގެންދިޔަ ހަފްލާއަށްފަހު ކައިވެނި، މީޑިއާތަކަށް އިއުލާންކޮށްފައިވަނީ އެ ހަފްލާގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ޔާމީ ކައިވެނިކޮށްފައިވަނީ، މަޝްހޫރް ޑައިރެކްޓަރު އަދިއްތިޔާ ދަރް އާއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ގުޅުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ސިއްރުންނެވެ.
ޔާމީ ގޯތަމް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ، ޖިނީ ވެޑްސް ސަނީ މި ފިލްމުންނެވެ. އެހެންނަމަވެސް ޔާމީ ގިނަ ބަޔަކު ދަންނަނީ ފެއާ ނެސް ކްރީމް އިޝްތިހާރުތަކުންނެވެ. ފެއާ ނެސް ކްރީމްގެ ފުޅީގައިވެސް ޔަމީގެ ޕޮޓޯ ޖަހާފައިވާއިރު، އޭނާ ވަނީ ފެއާ ނެސް ކްރީމްގެ އެ އިޝްތިހާރްތަކާއިއެކު ގިނަ ބައެއް މަގުބޫލްކަން ހޯދާފައެވެ. އޭނާއަށް ފިލްމީ ދާއިރާއިން ފުރުސަތު ލިބިފަވަނީވެސް އޭގެ ފަހުންނެވެ.