މިކަން ހާމަ ކުރައްވަފައިވަނީ ރައިސް ނަޝީދު ގެ އާއިލާއިން މީސް މީޑިޔާ މެދުވެރިކޮށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އެ ބޭފުޅުން ދެއްވާފައިއެއްނުވެއެވެ.
ރައިސް ނަޝީދު 13މެއި ގައި ޖަރުމަނުވިލާތައް ފުރާވަޑައިގަތީ އެއްހަފްތާއެއްހާ ދުވަސް ވަންދެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހުއެވެ. ނަޝީދަށް އަމާޒުވި ހަމަލާ ގެ ސަބަބުން ނަޝީދު ވަނީ ވަރަށް ގިނަ ސާޖަރީތަކެއް ކުރައްވާފައިއެވެ.