ads
ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު (އިއްސެ)
އެލްޖީއޭ ބޯޑަށް ފުވައްމުލަކު މޭޔަރު އިއްސެ އިންތިހާބުކޮށްފި
މާލޭ މޭޔަރު ޑރ މުހައްމަދު މުއިއްޒު އާ ވާދަކޮށް، ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު (އިއްސެ) އިންތިހާބު ކޮށްފި އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ސިޓީ ތަކުގެ ކައުންސިލަރުންގެ ފަރާތުން ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނަތީޖާ އާންމުކޮށްފައިނުވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި ބޯޑަށް އިއްސެ ހޮވިފައިވަނީ 24 ވޯޓު ހޯއްދަވައިގެންނެވެ. އިއްސެ އާ ވާދަކުރެއްވި މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

ގާނޫނަށް ގެނެވުނު އިސްލާހާއެކު އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި، އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން މެންބަރެއް އިންނަވަން ޖެހެއެވެ. 

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅު ރައީސްގެ ގޮނޑިއަށް އިންތިޚާބަކާ ނުލައި، ޕީޕީއެމްއަށް ނިސްބަތްވާ ކ. އަތޮޅުގެ އަތުޅު ކައުންސިލް ރައީސް އަހުމަދު ނިމާލު ވަނީ ހޮވިފައެވެ.  

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހާމަކުރާނީ މިއަދު 1:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ސީއެންއެމްއަށް ވިދާޅުވެފައެވެ.

އެލްޖީއޭ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް އިންތިހާބު ބާއްވާފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް