ads
ހޯރަފުށީ އެއާޕޯޓް----
ހޯރަފުށީ އެއާޕޯޓު މަރާމާތުކޮށް ނިންމާލުމަށް ފަހު ބުދަ ދުވަހު ހުޅުވަނީ
މިދިޔަ މޭ މަހު ކުރި ވިއްސާރައިގެ ސަބަބުން އުދައަރާ ވަރަށް ބޮޑަށް ގެއްލުންވި ހޯރަފުށީ އެއާޕޯޓު މަރާމާތުކޮށް ނިންމާލުމަށްފަހު ބުދަދުވަހު ހުޅުވާނެ ކަމަށް ރީޖަނަލް އެއާފޯޓްސްއިން ބުނެފިއެވެ.

މި އެއާޕޯޓު ބަންދު ކުރަން ޖެހުނީކުރި ވިއްސާރާއިގެ ސަބަބުން އުދައަރާ ރަންވޭ އަދި ޓާމިނަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުންނެވެ. 2 ހަފްތާ ތެރޭގައި މަރާމާތު ކޮށްނިމޭނެ ކަމަށް ލަފާ ކުރިނަމަވެސް މި މަސައްކަތް ނިމިފައިވަނީ 4 ހަފްތާ ތެރޭގައިއެވެ. 

މި އެއާޕޯޓް ގެ މަރާމާތުގެ މަސައްކަތް ކޮށްފައިވަނީ އެމް.ޓީ.ސީ.ސީންނެވެ. އެމް.ޓީ.ސީ.ސީން މިމަސައްކަތް ކޮށްފައިވަނީ އެއާޕޯޓް ހެދި ފަރާތުގެ ހައިސިއްޔަތުން އެ ކުންފުނިން އެއާޕޯޓަށް ދީފައިވާ 1 އަހަރު ދުވަހުގެ ވޮރެންޓީގެ ދަށުންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެއާޕޯޓް ހުޅުވަން ގަސްތުކޮށްފައިވަނީ މި ޖޫން މަހުގެ 16 ވާ ބުދަ ދުވަހުއެވެ. 

އަނެއްހެން މާ ބޮޑު ދާއިމީ ގެއްލުމެއް އެއާޕޯޓް އަށް ވެސް ރަންވޭއަށްވެސް ލިބިފައި ނުވާކަމަށް އިތުރަށް މައުލޫމާތު ލިބިފައިވެއެވެ.

210 މިލިއަން ހަރަދުކޮށްފައިވާ މި އެއާޕޯޓް ހަދާފައިވަނީ އީއައިއޭ އާ އެއްގޮތަށްތޯ އެއައާޕޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ގިނަބަޔަކު ސުވާލުކުރިއެެވެ. ރައްދުގައި މިނިސްޓްރީ  އޮފް ޕްލޭނިންގް އިން ބުނެފައިވަނީ އުދައަރާފައިވަނީ އީއައިއޭ ގެ ލަފާޔާއި އެއްގޮތަށް ބޭރު ތޮށިލާން ނިންމާފައިވަނިކޮށްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް