ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރުދޫ ކައުންސިލް ރައީސް މުހައްމަދު މުސްތަރުސިދު ވިދާޅުވީ ދެ ފާރު ދޭތެރޭ ތާށިވެފައިވަނީ އުމުރުން 4 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.
އެކުއްޖާ ތާށިވެފައިވަނީ އެ ގޭ ފާރާއި ގޭ އިންވަކި ކުރާ ފާރު ދޭތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކުއްޖާ އެތަނުގައި ތާށިވީ މިއަދު މެންދުރު ކަމަށާއި ބައި ގަޑިއިރެއްހާ އިރު ތާށިވެފައިވާ ހުރިކަމަށެވެ.
ކުޑަކުއްޖާ ސަލާމަަތްކޮށްފައިވަނީ އެ ފާރު ތަޅައިލައިގެންނެވެ. އެކުއްޖާގެ ހާލު ރަނގަޅެވެ.
މުސްތަރުސިދު ވަނީ ކުޑަކުދިން ކުޅެން އުޅުމުގައި އިތުރަށް ސަމާލުވެ، އެއްވެސް ވަގުތެއްގައި ކުދިން އެކަނި ދޫކޮށް ނުލުމަށް އިލްތިމާސްކޮށްފައެވެ.