ads
މިނިސްޓަރު އަހުމަދު ސަމީރު---
ދިއްދޫ ރައްޔިތުން ދައްކައިދިން އަހުވަންތަކަމަށް މިނިސްޓަރު ސަމީރުގެ ޝުކުރު
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ ދައްތަ އައިމިނަތު ޒާހިރާ އަހާރަވުމާގުޅިގެން ހއ. ދިއްދު ކައުންސިލާއި ރައްޔިތުން ދެއްކި އެކުވެރިކަމާި ގާތްކަމަށްޓަކައި މިނިސްޓަރު ސަމިރު ދިއްދޫ ކައުންސިލަށާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފި އެވެ. .

މިނިސްޓަރު ސަމީރުގެ ދައްތަ ޒާހިރާ އަވަހާރަވީ، ކޮވިޑް-19އަށް ފަރުވާ ހޯއްދަވަމުންގެންދަވަނިކޮށް އިއްޔެ ހެނދުނު 07:30 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ

މިނިސްޓަރު ސަމީރުގެ ހިފެހެއްޓުމެއް ނެތް ޝުކުރު ރަށު ކައުންސިލަށާއި ރައްޔިތުންނަށް ފޮނުއްވި އިރު ދިއްދޫަަ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ ސަމީރުގެ ދައްތަ ޒާހިރާ އަވަހާރަވުމާ ގުޅިގެން އިއްޔެ ވަނީ ދިއްދޫގައި ހުކުރު ނަމާދު ކުރާ ތިން މިސްކިތުގައި ހުކުރު ނަމާދަށް ފަހު ޒާހިރާގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކޮށްފައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ ނަމާދުގައި ބައިވެރިވެފަ އެވެ. އަދި ކައުންސިލުން ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ. 

ޒާހިރާ އަވަހާރަަވީ އުމުރުން 60 އަހަރެވެ. އިއްޔެ މެންދުރު 11:00ގައި ހުޅުމާލެ ސަހަރާގައި ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްފައިވާއިރު، ދައްތަ ޒާހިރާ އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ފޮނުއްވި އެންމެހާ ބޭފުޅުންނަށާއި، ޖަނާޒާގަ ބައިވެރިވި އެންމެ ބޭފުޅުންނަށް ހިތުގެ އިހްލާސްތެރި ޝުކުރު ދަންނަވައި، މިނިސްޓަރު ސަމީރު ވަނީ ޓްވީޓް ކުރައްވާ ފައެވެ. 

މިނިސްޓަރު ސަމީރު ދިއްދޫ ކައުންސިލަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޓްވިޓާގައި ވިދާޅުވެފައިވަނީ، ހުކުރު ނަމާދަށް ފަހު ދައްތަ ޒާހިރާއަށް ޓަކައި ޣައިބުގައި ކަށު ނަމާދު ކުރުމުން އިހުސާސް ކުރެވެނީ ގާތްކަމާއި އަހުވަންތަކަން އަބަދުވެސް ދިއްދޫގެ ލޮބުވެތި އަހުންނާއި އުހުތުންގެ ކިބައިން ނެތިގެން ނުދާ ކަމުގެ އިހުސާސް ކަމަށެވެ. 

"އަޅުގަނޑުގެ ދައްތަ ނިޔާވުމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުގެ ފަރާތުން އާއިލާއަށް ތައުޒިޔާ ފޮނުވައި، ރަށުގެ ހުކުރު ނަމާދު ކުރާ ތިން މިސްކިތުގައި ހުކުރު ނަމާދަށް ފަހު ޣައިބުގައި ކަށު ނަމާދު ކުރުމުން އިހުސާސް ކުރެވެނީ ގާތްކަމާއި އަހުވަންތަކަން އަބަދުވެސް ދިއްދޫގެ ލޮބުވެތި އަހުންނާއި އުހުތުންގެ ކިބައިން ނެތިގެން ނުދާ ކަމުގެ އިހުސާސް، ހިތުގެ އެންމެ އިހުލާސްތެރި ޝުކުރު އަރިސްކުރަން،" މިނިސްޓަރު ސަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ސަމީރަކީ ދިއްދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވިއިރު ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ދިއްދޫ ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވާ ބޭފުޅެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް