ads
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން
ކޭ-ޕޮޕް އަކީ ނުރައްކާތެރި ކެންސަރެއް: ކިމް ޖޮން އުން
ދެކުނު ކޮރެއާއިން އިން އުފެއްދުމެއް ކަމަށްވާ ކޮރެއަން ޕޮޕް މިއުޒިކް، ކޭ-ޕޮޕް އަކީ ނުރައްކާތެރި ކެންސަރެއް ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވެއްޖެ އެވެ.
Advertisement

ދެކުނު ކޮރެއާއިން އުފެދިގެން އައި ކޮރެއަން ޕޮޕިއުލާ މިއުޒިކަކީ ކޮރެއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް މަގްބޫލް މިއުޒިކެކެވެ. 

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ވަނީ ކޭ-ޕޮޕް އަކީ އުތުރު ކޮރެއާގެ ޒުވާން ޖީލު ހަލާކު ކުރާ "ނުރައްކާތެރި ކެންސަރެއް" ކަމަށް ވިދާޅުވެފައެވެ.

ކިމް ވިދާޅުވީ ކޭ-ޕޮޕްގެ ސަބަބުން އުތުރު ކޮރެއާގެ މީހުން ހެދުން އަޅާ ގޮތާއި ބޯކޮށާގޮތް އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަނީ ބޮޑެތި ނޭދެވޭ އަސަރުކުރަމުންނެވެ.

އުތުރު ކޮރެއާގެ ސަރުކާރުގެ ޓީވީ ޗެނަލުން ވަނީ މިހާރު އެކަންތައް ނުބަލާ ދޫކޮށްފިނަމަ އުތުރު ކޮރެއާގެ ހާލު ވެގެންދާނީ "ރެނދުލައި ވެއްޓެމުންދާ ފާރެއް" ގޮތުގައި ސިފަކޮށްފައެވެ.

ދެކުނު ކޮރެއާގެ ކޭ ޕޮޕް މިއުޒިކް އިންޑަސްޓްރީއަކީ ބައިނަލް އަގުވާމީ އެތައް އެވޯޑްތައް ލިބިފައިވާ ރިކޯޑްތައް ހަދަމުން އަންނަ އިންޑަސްޓްރީ އެކެވެ.

ބައިނަލް އަގުވާމީ ދުނިޔެ ކާމިޔާބުކުރުމަށް ފަހު މިހާރު ކޭ ޕޮޕްގެ މިސްރާބު ހުރީ މުޅި ދުނިޔެއިން އެކަހެރިވެފައިވާ އުތުރު ކޮރެއާ ދިމާލަށެވެ.

 

36%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް