ads
ހދ. ކުޅުދުއްފުށި
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯޓްގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯޓްގެ ބައެއް ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން އެ ކައުންސިލުން ނިންމައިފިއެވެ.
Advertisement

އެގޮތުން މެދު ކަނޑާލަން ނިންމި ޚިދުމަތް ތަކުގެ ތެރޭގައި އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުމާއި އެއްގަމާއި ކަނޑުގެ ލައިސަންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުން ހިމެނެއެވެ. އަދި ހަމަ އެއާއި އެކު އެއްގަމު ލައިސަންސަށް ގިންތި އިތުރުކުރުން ވެސް ވަނީ މެދު ކަނޑާލެވިފައެވެ.

މި ޚިދުމަތްތައް އެ ކައުންސިލުން މެދު ކަނޑާލާފައި ވަނީ ކޮވިޑް-19 ރޯގާ ކުޅުދުއްފުށީގައި ފެތުރެމުން އަންނާތީ އެ ކައުންސިލުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެކައުންސިލުން ބުނެފައި ވެއެވެ.

މިފިޔަވަޅު ތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތި ތަކާ ކުރި މަތި ވިނަމަވެސް އެއްމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކޮވިޑާއި ގުޅިގެން  އަޅާފައިވާ ފިޔަވަޅުތަށް ކުޅުދުއްފުށީގައި އައްނަނީ ދުވަހެއް ދުވަހަކަށް ހަރުކަށި ކުރަމުންނެވެ.

އެގޮތުން ވަކި ހާއްސަ ހުއްދަޔަކާ ނުލައި، އެރަށަށް އަރާ ފޭބުން  ވަނީ މަނާ ކުރެވިފައެވެ. އަދި މިހާރު ވެސް ރޭގަނޑު 9 ފެށިގެން ފަތިހު 4 ކަށް 6 ގަޑިއިރު ގެ ކާފިއުއެއް އައްނަނީ ހިންގަމުން ނެވެ.

މާާލޭގެ ކޮވިޑު ހާލަތު ރަނގަޅު ވަމުން އައި ކަމުގައި ވިޔަސް އަތޮޅު ތެރޭޭގެ ހާލަތު ރަނގަޅެއް ނޫނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް