ads
ދިރާގު ޓީވީ
ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ކޮޕާ އެމެރިކާ ކޮންމެތާކު ހުރެގެންވެސް ބަލާލެވޭނެ
ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ކޮޕާ އެމެރިކާ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއިއެކު ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ކޮޕާ އެމެރިކާގެ ގެ ހުރިހާ މެޗެއްވެސް ދިރާގު ޓީވީގެ ސޮނީ ޓެން 2 އެޗްޑީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ބަލާލެވޭނެކަމަށް ދިރާގުން ފާހަގަކޮށްފައިވެއެވެ. 

މުނިފޫހިފިލުވުމުގެ އެތައް ޗެނަލެއް ހިމެނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެން ގިނަ ޑަވައިސުން އެއްފަހަރާ، އެއް ޔޫސަ ނޭމް އަދި ޕާސްވޯޑް ބޭނުން ކޮށްގެން މެޗްތައް ބަލާލެވޭނެ ކަމަށާއި ދިރާގު ޓީވީ ކަސްޓަމަރުން  ތެރެއިން ބޭސިކް ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ފަސޭހަކަމާއިއެކު ހުރިހާމެޗެއް ބަލާލެވޭނެކަމަށް ދިރާގުން އިތުރަށް ފާހަގަކޮށްފައިވެއެވެ.

ދިރާގު ޓީވީ މެދުވެރިކޮށް ޖީ.އެސް.ޓީ ނުލާ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ އެތައް ޗެނެލްތަކެއް މޮބައިލް ފޯން ފަދަ ޑިވައިސްތަކަށް ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވެނޭއެވެ. ދިރާގު ވައިފައި ނެޓްވޯކްތަކުން ދިރާގު ޕްލޭއިން އިތުރު ޑޭޓާ ހަރަދަކާއި ނުލާ ބަލާލެވެއެވެ.

މީގެ އިތުރުން ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މިވަގުތުއިތުރަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ގިނަ އޮފާ ތަކެއް ތައާރަފުކޮށްފައިއެެވެ. އެގޮތުން ދިރާގު އަމިއްލަ ޕޯސްޓް ޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓް ކޮށް ، ފޯސްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެން ވެސް ދިރާގު ޓީވީ ބަލާލެވޭނެކަމަށް އިތުރަށް ވިދާޅުވިއެވެ. ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރަށް 50 އިންސައްތަ ޑޭޓާ ޖޫން 2021 ގެ ނިޔަަލަށް ލިބިގެންދާނެކަމަށްވެސް ދިރާގުން ބުނެފައިވެއެވެ.

މި ނޫސް ބަޔާންނުގައި ދިރާގުން ބުނެފައިވަނީ ދިރާގުން އަބަދުވެސް ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތައް އެންމެ ފަހުގެ ކޮލީޓީގައި ރަނގަޅު އޮފާތަކާއި އެކު ގެނެސްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ކޮޕާ އެމެރިކާ މެޗްތައް މިއަދު ފަތިހު 2:00 ގައިވަނީ ފެށިފައިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް