މިޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒުއެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅައިދެއްވަމުން މުމްތާޒު ވިދާޅުވީ ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިތަކުގެ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ.
އޭގެ ސަބަބުން މުވައްޒަފުންގެ މުސާރަ ދިނުމާއި ވިޔަފާރިތައް ހިންގާ ތަންތަނުގެ ކުލި ދެއްކުމަށްވެސް ދަތިވެފައިވާކަމަށް މުމްތާޒު ވިދާޅުވިއެވެ. އަދި ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ލޯނު ނަގާފައިވާ ފަރާތްކަކަށް އެ ލޯނުތައް ދެއްކޭނެގޮތެއް ނެތި ވިޔަފާރިތައް ބަނގުރޫޓުވަމުންދާކަން ފާހަގަކުރައްވައި މުމްތާޒު ވިދާޅުވީ އެފަދަ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ލޯނުތައް ދެއްކުމުގައި ލުއިދިނުމަށް މޮނިޓޯރިއަމް ހަމަޖަސައްސައިދިނުމަށް ސަރުކާރަށާއި މަރުކަޒީ ބޭންކު، އެމްއެމްއޭ އަށް ގޮވާލާ ކަމަށެވެ.
މި ގަރާރުގައި ހިމަނާފައިވާ ޝަރުތުތައް: