ads
މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވައިގެ ސަރަހައްދު ވިއްކަންޖެހޭހާ ރާއްޖެ ނިކަމެއްޗެއް ނޫން: ސައީދު
ރާއްޖޭގައި 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް އެއާޕޯޓު އޮޕަރޭޓްކުރެވޭ ގޮތަށް އިސްލާހު ގެނައުމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް ސަރުކާރުން ވަނީ އިއްޔެ ބަދަލު ގެނެސްފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ސައީދު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، ރާއްޖޭގެ އިގްތިސާދު ދެމެހެއްޓުމަށްޓަކައި ވިޔަފާރިކުރާ ފަރާތްތަކައް އެހީވާންޖެހޭ ކަމަށެވެ.

ނަމަވެސް މި ދަނޑިވަޅުގައި ރާއްޖޭގެ ފަޅުތަކާއި ރައްތައް ނީލަމަށް ލައިގެން ނުއަގުގައި ވިއްކަންޖެހޭ ސަބަބެއް ސަރުކާރުން ބުނެދޭން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. މި ދަނޑިވަޅުގައި ރާއްޖޭގެ މަރުކަޒީ ބޭންކާއި، ފިނޭންސް މިނިސްޓްރީއާއި، ރާއްޖޭގެ އެންމެ މައި އެއާޕޯޓު ހިންގުމަށް ބޭރުގެ މީހުންނާ ހަވާލުކުރަންޖެހުނު ސަބަބުވެސް ސަރުކާރުން ބުނެދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ސަރުކާރު ވާންޖެހޭނީ އެއާޕޯޓުތައް ވިއްކައިގެން އިގްތިސާދު ދަމަހައްޓަންޖެހޭ ވަރުގެ ފުދުންތެރިކަން ނެތް ބަޔަކަށް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަކީ އެހާ ނިޔަމެތި ބައެއް ނޫންކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މީ އެއް ނޫން ރާއްޖޭގެ އިގްތިސާދަށް ލުއިތަކެއް ހޯދަންޖެހޭނެ ގޮތަކީ. މީ އެއް ނޫން ސްޓިމިއުލަސް ޕެކޭޖު ދޭނެ ގޮތަކީ. މީއެއް ނޫން މޮނިޓޯރިއަމް އެއް ހަމަޖައްސައިދޭނެ އެންމެ ފަހި ގޮތަކަށް ވާނީ. ދިވެހި ރާއްޖޭގެ ސްޓްރެޓެޖިކް ބޮޑެތި ވަސީލަތްތައް، ވައިގެ ސަރަހައްދު ރޭގެ އިއުލާނުކޮށްގެން އެ ދިޔައީ. އެއާ ސްޕޭސް ވިއްކައި އެލީ. ވިއްކާލީ އެއާޕޯޓުތައް ސައްތައިން ސައްތަ ބޭރުގެ ފަރާތްތަކަށް އެއާޕޯޓުތައް ހަވާލުކުރަން. މިހާ ނިކަމެތި ބައެއް ނޫން ރާއްޖޭގެ ރައްޔިތުންނަކީ"ސައީދު

 

އެފްޑީއައި ޕޮލިސީގައި ކުރީގައި އޮންނަ ގޮތުން ނަމަ 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭނެއެވެ. ކުރީގައި ގަވާއިދުގައި ވާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަސް އަހަރުގެ މުއްދަތަށެވެ. ނަމަވެސް އެފްޑީއައި ޕޮލިސީއަށް ގެނައި އިސްލާހުގައި ވާގޮތުން އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. 

ސައްތައިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ކުރެވޭގޮތް ހަދާފައި މިވަނީ ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް