ads
ޕީއެންޑީ އެޕް ފޮޓޯ:---
ޑެލިވަރީގެ ހިދުމަތްތަކަށް ޕިކް އެންޑް ޑްރޮޕް އެޕް ވަރެއްނެތް!
މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ފިޔަވަޅުތަކާއެކު އެއްތަނުން އަނެއްތަނަށް ތަކެތި އުފުލާ އުޅުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. އަދި ސިއްހީ ތަޖުރިބާކާރުން ލަފާދެއްވާ ގޮތުގައި އެއީ އެންމެ ރައްކާތެރި ގޮތެއް ވެސް ނޫނެވެ. ބޯޓުގައި އޮތް ރަށުން ފޮނުވި ހަދިޔާ ފޮށިގަނޑު ނަގަން އަމިއްލައަށް ދިއުމުގެ ބަދަލުގައި މިހާރު މާ ފަސޭހަ ގޮތެއް އެބައޮތެއެވެ. ހައްލަކީ ޕިކް އެން ޑްރޮޕްގެ ޑެލިވަރީ ހިދުމަތްތަކެވެ.

މިދިޔަ އާދިއްތަ ދުވަހު ދިވެހި ރާއްޖޭގައި ލޯންޗުކުރި ޕިކް އެން ޑްރޮޕް އެޕް އަކީ ޑެލިވަރީގެ ހުރިހާ ހިދުމަތަކަށް ވެސް ހެޔޮވަރު އެޕް އެކެވެ. މި އެޕް މެދުވެރިކޮށް ގެއިންގެއަށް އާއިލާތަކުން ފޮނުވާ ކުދި ޕާރުސަލްތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ވިޔަފާރިތަކަށް ބޭނުންވާ ސައިޒުގެ ޝިޕްމަންޓުތައް ވެސް ފޮނުވާލެވޭނެ އެވެ. ޕިކް އެން ޑްރޮޕްގެ ކޮންމެ ހިދުމަތަކަށް ވެސް އެދޭތާ 24 ގަޑިއިރު ތެރޭގައި އެހިދުމަތެއް ފޯރުކޮށްދޭނެއެވެ. އަދި އެކްސްޕްރެސް ރިކުއެސްޓެއްނަމަ އެންމެ ލަސްވެގެން 3 ގަޑިއިރު ތެރޭގައި ހިދުމަތް ފޯރުކޮށްދޭނެ އެވެ. 

your imageޕީއެންޑީގެ އިސްތިހާރެެއް ފޮޓޯ:-- 

ޕިކް އެން ޑްރޮޕްގެ ހިދުމަތްތާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޕިކް އެން ޑްރޮޕް ގެ މާކެޓިން ޓީމުގެ ފަރާތުން ފާތިމަތު ފަޒްނާ ވިދާޅުވީ އެޕެއް ލޯންޗުކޮށް ހިދުމަތް ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒުވާނުންނާއި ރައްޓެހި ޒަމާނީ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. 

" އަޅުގަނޑުމެން [ ޕިކް އެންޑް ޑްރޮޕް ] ބޭނުންވީ ފަށައިގެންނައިރު ވެސް އެންމެ ފެންވަރު ރަނގަޅު، ކަސްޓަމަރުންނަށް ކަމުދާ ކަހަލަ ގޮތަކަށް މިކަން ފަށައިގަންނަން. އެހެންވެ މޮބައިލް އެޕްއަކާއެކު މި ފެށީ. އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ޒަމާނާއި އެއްގޮތަށް ޑެލިވަރީގެ ނިޒާމު ވެސް އަޕްޑޭޓުކޮށްލަން އެބަޖެހޭ. އެހެންކަމުން އަޅުގަނޑުމެންގެ ފޯކަސް އަކީ މޮޑާން އެކްސްޕީރިއެންސެއް ފޯރުކޮށްދިނުން"

"ސީއެންއެމް" އާ ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ މިވަގުތު ޕިކް އެން ޑްރޮޕްގެ ހިދުމަތްތައް ގްރޭޓާ މާލޭ އޭރިއާގައި ( ވިލިމާލެ، މާލެ އަދި ހުޅުމާލެ) ދެމުން ދިޔަކަމުގައި ވީނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މާލެ އިން އައްޑޫއަށް ވައިގެމަގުން ތަކެތި ފޮނުވޭނެ އިންތިޒާރު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މިހާރު ވެސް މިދަނީ އައްޑޫއަށް ހިދުމަތްދޭން ފަށަން ތައްޔާރުވަމުން. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް މި ހިދުމަތް ވެސް ފެށިގެންދާނެ"

ޕިކް އެން ޑްރޮޕް މިހާރު ދެމުންދާ ހިދުމަތްތައް ބަހާލާފައިވަނީ 3 ކެޓަގަރީ އަކަށެވެ. އެއީ "ގެއިންގެއަށް"، "ބީ2ސީ"، އަދި "އެކްސްޕްރެސް" އެވެ. ޕީއެންޑީން މައުލޫމާތު ދޭ ގޮތުގައި "ގެއިންގެއަށް" ހިދުމަތަކީ ގްރޭޓާ މާލެ ސަރަހައްދުގެ ކޮންމެތަކަނަށް ވެސް ކުދި ޕާރުސަލް ފަދަ ތަކެތި ފޮނުވޭނެ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތުގެ ދަށުން ރަށުން ބޯޓުން ގެންނަ ފޮށިގަނޑު ފަދަ ތަކެތި ގެއަށް ގެންގޮސްދިނުން ފަދަ ހިދުމަތްތައް ލިބިގެންދާނެ އެވެ. މި ހިދުމަތަށް އެދިލައްވާތާ 24 ގަޑިއިރު ތެރޭ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ޕިކް އެން ޑްރޮޕްއިން މައުލޫމާތު ދެއެވެ. އަދި "އެކްސްޕްރެސް" އޯޑަރެއްނަމަ ލަސްވެގެން 3 ގަޑިއިރު ތެރޭގައި ޑެލިވަރީ ހަމަޖެހިގެންދާނެ އެވެ. 

ޕިކް އެންޑް ޑްރޮޕްގެ ހިދުމަތްތައް:- 

  • އޮފީސްތަކަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް / ފޯމުތައް ހުށަހެޅުން
  • ބޯޓުން ގެންނަ މުދާ ގެއާހަމައަށް ގެންގޮސްދިނުން
  • ޕޯސްޓުމެދުވެރިކޮށް އަންނަ ސާމާނު ގެއަށް ނުވަތަ ބޯޓަށް ޑެލިވަރީ ކުރުން 
  • މާލެ ސަރަހައްދުން ގަންނަ ތަކެތި ފިހާރައިން ނަގައިގެން ބޯޓާއި ހަމައަށް ގެންގޮސްދިނުން
  • ގްރޭޓާ މާލެ ސަރަހައްދުގެ ޑޯޓުޑޯ ޑެލިވަރީ ހިދުމަތް
  • ކުދި ވިޔަފާރިތަކުގެ އޯޑަރުތައް ޑެލިވަރީ ކުރުން
  • އޮފީސްތަކުން ފޮނުވާ ކޯޕަރޭޓް ޑޮކިއުމަންޓްސް ޑެލިވަރ ކުރުން
  • އެހެނިގެން ކޯޕަރޭޓް ޑެލިވަރީ ހިދުމަތްތައް 
  • މާލެއިން އައްޑޫއަށް ތަކެތި ފޮނުވުން ( ވަރަށް އަވަހަށް ފެށެނީ )

ޕިކް އެން ޑްރޮޕްގެ "ބީ2ސީ" ހިދުމަތަކީ އެހެން ހިދުމަތްތަކާއި ހިލާފަށް ވިޔަފާރިތަކަށް ހާއްސަ ހިދުމަތަކެވެ. އެގޮތުން މި ހިދުމަތުގެ ދަށުން ވިޔަފާރިތަކުން އެކި އިދާރާތަކަށާއި ކަސްޓަމަރުންނަށް ކުރަން ޖެހޭ ޑެލިވަރީތައް ކުރުމުގައި ޕިކް އެން ޑްރޮޕްއިން ހަރަކާތްތެރިވާނެ އެވެ. މި ހިދުމަތުގެ ދަށުން ވިޔަފާރި ވެރީންނަށް ކޮވިޑުގެ ހާލަތުގައި ޑެލިވަރީ ކުރުމަށް ވަރަށް ހާއްސަ ރޭޓުތަކެއް ހަމަޖެހިފައިވާ ކަމަށް ޕިކް އެންޑް ޑްރޮޕުން މައުލޫމާތު ދީފައިވެއެވެ. 

ޕިކް އެން ޑްރޮޕް "ބީ2ސީ"އަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައިވާއިރު މި ޕެކޭޖުތަކަށް ފައިސާ ދައްކަން ޖެހޭނީ މަހުން މަހަށެވެ. އަދި ވަކި ވަކިން ކޮންމެ އައިޓަމަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި ކޮންމެ މަންތްލީ ޕެކޭޖަކާއެކު ވެސް ވަކި އަދަދެއްގެ ރިކުއެސްޓްސް އެ ވިޔަފާރިއަކަށް ހަމަޖެހިގެންދާނެ އެވެ.  

ފަޒުނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ދޭ ހުރިހާ ޑެލިވަރީގެ ހިދުމަތެއް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ޓްރެކް ކުރެވޭނެ އެވެ. އަދި ހިދުމަތްތަކުގެ އަގުތައް އެހެން ފަރާތްތަކާ އަޅާބަލާއިރު ބޮޑުތަކުން ހެޔޮވާނެ އެވެ. ޕިކް އެން ޑްރޮޕްއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭނީ އިތުބާރު ހިފޭ، އަވަސް ހިދުމަތެކެވެ. 

your imageޕިކް އެންޑް ޑްރޮޕް ގެ ނަމުގައި ޑެލިވަރީ ހިދުމަތް ފަށަނީ 

ޕީއެންޑީ އެޕް ތަރާފުކުރުމާއި ގުޅިގެން އެކުންފުނިން އަންނަނީ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ހިންގަމުންނެވެ. މި ލޯންޗު ޕްރޮމޯޝަންގެ ދަށުން ޕީއެންޑީން ދެމުންދާ ހިދުމަތްތަކުގެ އަގުތައް އެކުންފުނިން ވަނީ ވަރަށް ބޮޑުތަނުން ހެޔޮކޮށްފައެވެ. އެގޮތުން އެޕް މެދުވެރިކޮށް ހިދުމަތް ހޯއްދަވާ ކޮންމެ ކަސްޓަމަރަކަށް އޯޑަރުތަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބިގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ. 

ޕީއެންޑީގެ ހިދުމަތްތައް ހޯއްދަވަން ބޭނުންފުޅުވާ ކަސްޓަމަރުން ޕީއެންޑީ އެޕް ބޭނުން ކުރެއްވުމަށް އެކުންފުނިން ކަސްޓަމަރުންގެ ކިބައިން އެދިލައްވަފައެވެ. ޕީއެންޑީ އެޕް ( އެޕް ޑައުންލޯޑު ކުރެއްވުމަށް މިތަނަށް ފިތާލާ ) އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭއިން ވެސް ޑައުންލޯޑު ކުރެވޭނެ އެވެ. އެޕްގެ އިތުރުން 7345444 އަށް ގުޅައިގެން ވެސް ޕީއެންޑީގެ ހިދުމަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށް ޕީއެންޑީން މައުލޫމާތު ދެއްވަފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް