މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނި 28 އަހަރުގެ ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު މަރުވި ފުރަތަމަ މީހާއެވެ. މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު މީހަކު މަރުވި ނަމަވެސް، ފަހުން އެޗްޕީއޭއިން ވަނީ އެމީހާ މަރުވީ ކޮވިޑް ޖެހިގެން ނޫން ކަމަށް ނިންމާފައެވެ.