މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާރޓާރޒްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ގިރިފުށީ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި އެމް.އެން.ޑީ.އެފް. ގެ ފަރާތުން ސޮއިކުރެއްވީ ސަރވިސް ކޯ ގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤެވެ.
މި މަޝްރޫޢުގެ ދަށުން، 314 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރަންވަނީ ހަމަޖެހިފައެވެ.
145 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 35.18 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.