ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މާލޭގެ މަގުމަތި--
މިއަދު ޕޮޒިޓިވްވީ 372 މީހުން
ރާއްޖެއިން އިތުރުން 372 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
Advertisement

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 125 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 215 މީހުންގެ އިތުރުން ރިސޯޓުތަކުން 30 މީހުންނެވެ. އަދި ސަފާރީތަކުން އެއް މީހަކު އަދި އިންޑަސްޓްރިއަލް ރަށްތަކުން އެއް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މާލެއިން މިއަދު ޕޮޒިޓިވްވި އަދަދަކީ ފާއިތުވި ދެ ދުވަަހާ ބަލާއިރު ބޮޑު އަދަދެކެވެ. އެގޮތުން ހޮނިހިރު ދުވަހު މާލެއިން 88 މީހުން ޕޮޒިޓިވްވިއިރު އިއްޔެ ޕޮޒިޓިވްވީ 113 މީހުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 70،673 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 61،761 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތައް އުޅެނީ 8،703 ގައެވެ.

މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 82 މީހަކަށެވެ. 

މިއަދު މަރުވި 27 އަހަރުގެ މީހާ އާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް