ads
ރައީސް ސޯލިހް
ދައުރު ނިމެންވާއިރަށް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯހިޔާވެހިކަން ކަށަވަރު ވާނެ؛ ރައީސް
ދައުރު ނިމެންވާއިރަށް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"ގެދޮރުވެރިޔާ ލޯނު ސްކީމް" ޕްރޮގްރާމް އިފްތިތާޙު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެމަނިކްފާނުގެ މި ދައުރު ނިމޭއިރުގައި، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ އަދަދެއްގެ ފަރާތްތަކަކަށް އެކަން ފުރިހަމަވެގެން ދާނެ ކަމަށެވެ.

އެހެންކަމުން މާލޭ ސަރަހައްދުގައި 20000 ހައުސިން ޔުނިޓް އެޅުމަކީ އެމަނިކްފާނުގެ ރިޔާސީ ވައުދެކެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ މުޅިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށެވެ. އަދި ރާއްޖޭގައި އިތުރު ފްލެޓް 7000 ފްލެޓްގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައި ކަމަށެވެ.

"ޚާއްޞަކޮށް، މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް، ގެދޮރުވެރިކުރުމަށްޓައި ފަށާފައިވާ މަޝްރޫޢު އިރާދަކުރެއްވިއްޔާ، ކުރިއަށް އެބަދޭ. މިހާރު ސޮއިކުރެވި، މަސައްކަތް ފެށުމަށްޓަކައި 7000 ފްލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައި. އޭގެ އިތުރުން 4000 ޔުނިޓެއް އެޅުމުގައި ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ." ރައީސް ސޯލިހު

އެހެން ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ހަވާލުވެލެއްވިއިރު ވެސް މަސައްކަތް ނިމިފައި ހުރި ހިޔާ ފްލެޓްތައް އަދިވެސް ހަވާލު ކުރެވިފަ އެއް ނުވެއެވެ. އެކަމާއި ގުޅިގެން އާންމުންގެ ވަށް ބޮޑެތި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް