
ގައިދީންގެ އެކަނިވެރިކަން ފިލުވައި، އެމީހުންނަށް ހުސް ވަގުތުތަކުގައި ކުރާނެ އިތުރު ކަންތައްތައް ފަހިކޮށްދިނުމަށް ޓެބްލެޓް ދިން ނަމަވެސް މިޓެބްލެޓުން ކުރެވޭނެ ކަންކަން ވަނީ ލިމިޓްކޮށްފަ އެވެ.
މި ޓެބްލެޓުން މިއުޒިކް އަޑުއެހުމާއި ފިލްމް ބެލުމާއި ގޭމް ކުޅުމާއި އަދި ޓީވީ ޕްރޮގްރާމްތައް ބެލުމުގެ ފުރުސަތުގެ އިތުރުން އާއިލާ މެންބަރުންނަށް މެސެޖް ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. މީގެ އިތުރުން ބައެއް ފޮތްތައް ކިއުމާއި، ނަފްސާނީ އެހީތެރިކަން ހޯދުން ހިމެނެއެވެ.
ނަމަވެސް މިޓެބްލެޓުން އިންޓަނެޓަކަށް ނުވަދެވޭނެއެވެ.
މިކަމުގެ ސަބަބުން ގައިދީންނަށް އަމާޒުކޮށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އަދި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.