ބްރެޒިލްގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން އާޖެންޓީނާ އެއް ލަނޑު އެއް ލަނޑުން ޗިލީއާ އެއްވަރުވި މެޗުގައި އާޖެންޓީނާގެ ހަމަ އެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން މެސީއެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ފުރަތަމަ ހާފުގައި މެސީ ޖެހި ލަނޑެކެވެ. ޗިލީން އާޖެންޓީނާއާ އެއްވަރު ކުރީ ދެވަނަ ހާފުގައި އެޑޮއާޑޯ ވާގާސްއެވެ. މިއީ ޕެނަލްޓީއެއްގެ ރީބައުންސްއެވެ.
އާޖެންޓީނާ އަދި ކޮލަމްބިއާގައި މި ފަހަރުގެ ކޮޕާ އެމެރިކާ ބާއްވަން ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް ކޮވިޑާ ހެދި އެންމެ ފަހުން މުބާރާތް މިހާރު ކުރިއަށްގެންދަނީ ބްރެޒިލްގައެވެ.