ކޮލިފައިންގައި ރާއްޖޭގެ ފަހު މެޗަށް މިރޭ ނުކުންނައިރު، ރާއްޖެވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބޮޑު ތަފާތަކުން ބަލިވެފައެވެ. އެއީ ފަހު މެޗުގައި ޗައިނާ އަތުން ފަސް ލަނޑު ސުން ލަނޑުން އަދި އޭނގެ ކުރިން ސީރިއާ އަތުން ހަތަރު ލަނޑު ސުން ލަނޑުންނެވެ. ކޮލިފައިންގައި ރާއްޖޭން މޮޅުވެފައިވަނީ ހަމަ އެކަނި ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުން އެކަންޏެވެ.
ފިލިޕީންސްއާ ރާއްޖެ ވާދަކުރާ މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން އަށެއް ޖަހާއިރުއެވެ. މި ދެ ޓީމު މާލޭގައި ކުޅުނު މެޗުން ރާއްޖެވަނީ ދެ ލަނޑު އެއް ލަނޑުން ބަލިވެފައެވެ. އެ މެޗުގައި ރާއްޖޭން ޖެހި ލަނޑު ޖެހީ ހަސަން ނާއިޒްއެވެ. އެ މެޗު ކުޅުނީ ދެހާސް ނަވާރަވަނަ އަހަރުގެ ނޮވެމްބަރު މަހު މާލޭގައެވެ.