ads
ސޯނޫ ސޫދު
ސޯނޫ ސޫދަށް ޝުކުރު އޮހެނީ
ކޮވިޑް-19 މިދަތި ހާލަތުގައި ވެސް އިންޑިޔާގައި ހާލުގައި ޖެހޭ ފަރާތް ތަކަށް އެހީވުމުގައި ސޯނޫ ސޫދުގެ މަަސައްކަތްތަކަކީ ފާހަގަ ކޮއްލަން ޖެހޭ އަގުހުރި މަސައްކަތެކެވެ.

ސޯނޫ ގެންދަވަނީ މާލީ އެހީ، ސިއްހީ އެހީ، އަދި ކާބޯތަކެތީގެ ގޮތުން ވެސް ބޮޑެތި އެހީ ތަކެއް ފޯރުކޮއްދެއްވަމުންނެވެ. 

އެގޮތުން ގިނަ އަދަދެއްގެ މީހުންނަށް އޭނާގެ އެހީގެ އަތް އައްނަނީ ފޯރުވަމުން ނެވެ. އޭނާ ވަނީ އިންޑިޔާގެ ފަގީރު އެތައް އަވަށަކަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އިންޑިއާ އޮކްސިޖަން އަށް ޖެހިފައިވާ މިހާލަތިގައި ބޭރުގެ ފަރާތްތަކުން އޮކްސިޖަން ހޯދުމަށް އޭނާ ގެންދަވަނީ ގިނަ މަސައްކަތް ކުރަމުންނެވެ. 

ވަރަށް ފަހުން ސޯނޫ ވަނީ ކެންސަރާއި ހަނގުރާމަ ކުރަމުން ދިޔަ މީހަކަށް އެހީތެރިކަން ފޯރުކޮއްދީފައެވެ. އެކަމާއި ގުޅިގެން އެއާއިލާ އާއި މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް ބައެއްގެ ޝުކުރުގެ ބަސްތައް ދަނީ އޭނާއަށް ރައްދުކުރަމުންނެވެ. 

އޭނާއަކީ މުޅި އިންޑިޔާ ފަހުރު ވެރިވާ މޮޅު އެކްޓަރެކެވެ. އަދި ހަމައެއާއެކު އޭނާ އަކީ މުޅި ދުނިޔެއަށް ހުރި ނަމޫނާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް