ads
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމް ރާއްޖޭގައި ބޭއްވުމަކީ ފަހުރެއް: ސައީދު
އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިގެން ދިޔުމަކީ ފަހުރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމަކީ އިކޮނޮމިކް މިނިސްޓްރީ އާއި ޔުނިސެފާއި ކްލައިމެޓް ފައިނޭންސް ނެޓްވޯކާއި ޔޫކޭ އިންޓަނޭޝަނަ؛ލް ޑިވެލޮޕްމެންޓް ގުޅިގެން ބާއްވަމުން އަންނަ ފޯރަމެކެވެ. މި ފޯރަމް ރާއްޖޭގައި ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ މި ފޯރަމްގައި ކްލައިމެޓް ފައިނޭންސް ނެޓްވޯކް (ސީއެފްއެން) ގައި ހިމެނޭ ގައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ މި ފޯރަމް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށާއި މި ފޯރަމްގައި މުހިންމު ކަންތައްތަކެއް ނިންމާނެ ކަމަށެވެ.

މި ފޯރަމުގައި ބައިވެރިވާނީ، ޔޫއެންޑީޕީގެ ކްލައިމެޓް ފައިނޭންސް ނެޓްވޯކުގައި ހިމެނޭ ގައުމުތައް ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ. މިގޮތުން ފޯރަމުގައި 12 ވަރަކަށް ގައުމުން 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެ އެވެ.

ނޫ އިގުތިސޯދު ނިސްބަތްކުރަނީ އިގުތިސޯދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރުކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރުމަށެވެ. ނޫ އިގުތިސޯދުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑު ދަތުރުފަތުރު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުނި މެނޭޖުކުރުމާއި އަދިވެސް ކަނޑުފަޅާއި ގުޅިފައިވާ މިފަދަ އެހެނިހެން ގިނަ ދާއިރާތަކެއް އެކުލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް