ads
މިނިސްޓަރު މުހައްމަދު އަސްލަމް--
ލޯން ސްކީމުގެ ބޭނުމަކީ މާލެ އައުން ހުއްޓުވުން:އަސްލަމް
ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ރޭ ތައާރަފްކުރި "ގެދޮރުވެރިޔާ" ލޯނު ސްކީމަކީ މާލެ އަށް ހިޖުރަ ކުރުމަށް އޮންނަ ޝައުގުވެރިކަން ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި ލޯނު ސްކީމް ތައާރަފް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ މި ސްކީމް ހާއްސަވެގެންދަނީ އަތޮޅުތަކުގެ ރައްޔިތުން އަތޮޅުތަކުގެ ދިރިއުޅެ އެތަންތަން އާބާދުވެ ކުރިއަރާ ގޮސް މާލެއަށް ހިޖުރަކުރުމަށް އޮންނަ ޝައުގުވެރިކަން ކުޑަކުރުން ކަމަށެވެ.

ލޯނު ދޫކުރަނީ އަމިއްލަ ގޯތީގައި ގެއެއް އަލަށް އިމާރާތް ކުރުމަށް ނުވަތަ ނުނިމި ހުރި މަސައްކަތް ކުރުމަށެވެ. އަދި އިމާރާތް މަރާމާތު ކުރުމަށާއި، މިހާރު ހަދާފައި ހުރި އިމާރާތަކަށް ބައެއް އިތުކުރުމަށްވެސް ލޯނު ދިނުމަށް ނިްމާފައި ވެއެވެ.

ލޯނު އަނބުރާ ދެއްކުމަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭއިރު، ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 700،000 ރުފިޔާ އެވެ. ލޯނުގެ އިންސްޓްރެޓް ރޭޓަކީ ހަ ޕަސެންޓެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހުގެ މުއްދަތެއް ލިބޭނެއެވެ. ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓެއް ނުނަގާނެއެވެ.

އެގޮތުން މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ހަ ޕަސެންޓުގައި ހުރިއިރު އަސްލަމް ވަނީ އެއީ މިހާރު ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓްރެސްޓަށް ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ އަދަދެއް ކަމަށް ވިދާޅުވެފައެވެ.

އަދި މި ލޯނުގެ ކެޕްގެ ގޮތުގައި ކަނޑައަޅާފައިވާ ހަތް ލައްކަ ރުފިޔާ ހަރަދުކޮށްގެން އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ގެއެއް އެޅޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް