ads
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުށް ކަނޑައެޅުމާ، ކުށްވެރި ކުރުމާއި، ކުށުގެ މައްސަލަ ބެލުން:ދައުލަތުން ކުރާ މަސައްކަތެއް
ގާނޫނު އަސާސީ އާއި ގާނޫނުގެ ތަރަހައިގެ ތެރޭގައި އިޖުރާއަތްތަކުގެ ތެރެއިން ކުށް ކަނޑައެޅުމާ، ކުށްވެރި ކުރުމާއި، ކުށުގެ މައްސަލަ ބެލުން، އެއީ ދައުލަތުން ކުރާ މަސައްކަތެއް ކަމުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. މެންބަރު ހިސާން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ ގާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމުގެ ދެ ވަނަ ކިޔުން އިއްވައިދެއްވަމުންނެވެ.
Advertisement

ހިސާން ހުސައިން ހުށަހަޅުއްވާފައިވާ މި ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 2021 ވަނަ އަހަރުގެ ދެ ވަނަ ދައުރުގެ ހަތް ވަނަ ޖަލްސާގައި، 31 މެއިގައެވެ. 

މި ބިލަކީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅި ބިލެކެވެ. އަދި އެކަމާއި ގުޅިގެން ބަހުސްތައް ހޫނުވެފައިވާ މިދަނޑިވަޅުގައި، ބައެއް ފަރާތްތަކުގެ އިންޒާރުތައް ވެެސް ހިސާންއަށް ލިބެމުންދާތީ އޭނާގެ ސެކިޔުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.

ހިސާން ވިދާޅުވީ އެންމެ ގިނަ ބޭފުޅުން އޭނަޔާ ކުރާ ސުވާލަކީ، ސްޕޮންސަރުކޮށް ބިލް ހިސާން ހުށަހެޅުއްވީ ކީއްވެތޯއެވެ. އަދި ޖަވާބު ވަރަށް ސާފު ކަމަށް ވިދާޅުވެ ހިސާން ފާހަގަކުރެއްވީ އިންސާނާގެ ލެޔަކީ ވަރަށް ހުރުމަތްތެރިވެގެންވާ އެއްޗެއްކަމެވެ. އަދި މީހަކު މަރަން ގޮވައިގެން ނުވާނެކަމަށާއި މީހަކު ނުރައްކަލަކަށް ހުށަހެޅިދާނެފަދަ އަމަލެއް ކޮށްގެން ނުވާނެކަމަށެވެ. އަދި މިއީ އެއްވެސް މުޖުތަމައެއްގައި ހުއްދަ ކުރާ ކަންކަން ނޫންކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ އިސްލާމްދީން އުނގަންނައިދޭގޮތް ކަމަށް ވާއިރު އަޅުގަނޑުމެންގެ މުޖުތަމައުގައި އެހެން އެކަން ހިނގައިގެން ނުވާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. 

ދައުލަތުގެ ސިފައިގަ އަޅުގަނޑުމެން މަސައްކަތްކުރަނީ ތަރުތީބުވެފައިވާ އިޖުރާއަތްތަކެއްގެ ތެރެއިން. ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް. ގާނޫނު އަސާސީއާ ގާނުނުތަކުގެ ތަރަހައިގެ ތެރޭގައި. އެހެން ކަމުން އެ އިޖުރާއަތްތަކުގެ ތެރެއިން ކުށް ކަނޑައެޅުމާ، ކުށްވެރި ކުރުމާއި، ކުށުގެ މައްސަލަ ބެލުން، އެއީ ދައުލަތުން ކުރާ މަސައްކަތެއް. އެކަންކަން ކުރުން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުން ވާނީ ނިޒާމް ގެއްލި ގާނޫނު އަތްމައްޗަށް ނަގައި މުޅި މުޖުތަމައުގެ އަމަންއަމާންކަން ގެއްލިގެން ދާނެ ކަމަކަށް.

އިތުރަށް ހިސާން ފާހަގަކުރެއްވީ ފަހުގެ ތާރީހުގައި ނަފުރަތުގެ ބަސްތައް ހަތިޔާރަކަށް ހަދައިގެން ބޭނުންކުރަމުން އަންނަ ކަމަށާއި، އަދި ކުށެއް ނެތް އެތަށް ބައެއްގެ ލޭ ހުއްދަ ކުރުމާއި އަދި ގާނޫނުގެ ބޭރުން މީހުން މަރަން ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީއިރު، އަދި ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއް ކަމަށާއި އަދި މުސްލިމަކަށް ވެގެން ނޫނީ ދިވެހި ރައްޔިތަކަށްވެސް ނުވެވޭނެކަމަށް ގާނޫނު އަސާސިގައި ވަނީ ކަނޑައަޅާފައި ކަމަށެވެ. 

ކަން މިހެން އޮތް އިރު ރާއްޖޭގައި މިނޫން ގޮތެއް ވުމަށް ދިވެހިން ނޭދޭނެ ކަމަށެވެ. އަދި އެއްވެސް ދިވެއްސަކަށް އޮޅުވާ ނުލެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ. އެހެން ނަމަވެސް މި ހަގީގަތް ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށާއި އަދި މިއީ 2015 ވަނަ އަހަރުން ފެށިގެން ޖިނާއީ ކުށެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތުން އިސްލާމް ދީނަށް ތައުހީނުކުރުމަކީ ގޫނޫނުގެ 617 ވަނަ މާއްދާގެ ދަށުން މިހާރުވެސް ކުށެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި ގާނޫނު އަސާސީގެ 617 ވަނަ މާއްދާގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި ފާޑުކިޔައި އިސްލާމް ދީނަށް ތައުހީނުކޮށް ތަގުރީރު ކުރުމަކީ މަނާކަމެއްކަމަށް އޮންނަ ކަމަށާއި އިސްލާމް ދީނަށް ފާޑުކިޔާ އެކިއެކި ލިޔުންތައް ލިޔުމާ ބެހުމާ ވިއްކުމާ އަދި އުފެއްދުމަކީވެސް ކުށެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރުއީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ ބައެއްކަހަލަ ތުހުމަތަކީ އެއީ މީހުންނަށް ކުރެވޭނެ ތުހުމަތު ތަކެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތުން މުސްލިމަކާ ދިމާލަށް ކާފަރެކޭ ހަމަ ހުރެފަ ނުބުނެވޭނެ ކަމަށެވެ. އެފަދަ ތުހުމަތެއް ކުރެވޭނަމަ ހިންގަންޖެހޭނީ ޖިނާއީ އިޖުރާތު ޖިނާއީ އަދުލުގެ ނިޒާމުގަ ދައްކާފައިވާ މަގު ކަމަށެވެ. އަދި ވަކި މީހަކީ ކާފަރެއް ކަމަށް ނުވަތަ ލާދީނީ މީހެއް ކަމަށް ލޭބަލް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. މިފަދަ ބަސްތަކުގެ ސަބަބުން ރާއްޖޭގައި މީހުންގެ ފުރާނަ ދުއްވާލާ، ގަތުކޮށް އަދި ބޮންގޮއްވާފައި އެބަ ހުރި ކަމަށެވެ.

މިއަދު ހުށަހެޅޭ ގާނޫނު އުގޫބާތަށް އިސްލާހު ގެނެވޭ ބިލަކީ އުސާމަތު ގެފާނުގެ ހާދިސާއިން ވިސްނުން ނަގައިގެން ފަރުމާ ކޮށްފައިވާ ބިލެއް ކަމަށެވެ. ބިލް ފަރުމާ ކުރުމަގައި ބަލާފައި ވަނީ ދުނިޔޭގެ ޑިމޮކްރެޓިކް ނިޒާމަށް ނޫން ކަމަށްވެސް ހިސާން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޮޑެތި އިމާމުންގެ ބަސްފުޅުތަކަށްވެސް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ. 

އަދި މި ބިލަކީ އެފަދަ ތުހުމަތުތައް ހުއްޓުވުމަށާއި މުޖުތަމައުގެ މަސްލަހަތައްތަކައި ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ހިސާން ވަނީ އިތުރަށް ފާހަގަކޮށްފައެވެ. އަދި މި ބިލުން ހިސާން ދެންނެވި މަގުސަދު ހާސިލު ނުވާނަމަ އިސްލާހަށް ހުށަހެޅުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް