ads
ކުޑަކުދިން
ކުޑަކުދިންގެ އައިޑެންޓިޓީ ހާމަނުކުރަން މީޑިއާ ކައުންސިލުން ގޮވާލައިފި
ކުށްތަކާ ގުޅޭޚަބަރު ރިޕޯޓުކުރުމުގައި ކުޑަކުއްޖާއަކީ ކާކުކަން ދޭހަވެދާނެ ނުވަތަ ދެނެގަނެވޭނެފަދަ މައުލޫމާތެއް ހާމަނުކޮށް، އެފަދަ ކަންކަމާއި ގުޅޭ ޚަބަރާއި މައުލޫމާތު ހާމަކުރުމަށް ނޫސްވެރިންނާއި މީޑިއާތަކުގެ ސަމާލުކަމަށް އެނައުމަށް ގޮވާލައި، މީޑިއާ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ.

ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރުމަށްޓަކައި އުސޫލެއް އެކުލަވާލުމަށް، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) އިން މި ކައުންސިލަށް ލާޒިމްކޮށްފައިވާތީ، މި ކައުންސިލުން މިހާރުވާނީ، އެ އުސޫލު އެކުލަވާލައި ގެޒެޓްކޮށްފައި ކަމަށް އެނޫސް ބަޔާނުގައި ބުނެފައި ވެއެވެ. 

އެގޮތުން ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާފަދައިން، ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއްގައި ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މަޢުލޫމާތު ނުވަތަ ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މަޢުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިޢުކޮށްގެން ނުވާނެކަމުގައި އެ އުސޫލުގައި ވާނީ ހިމަނާފައި ކަމަށް ވެސް އެނޫސް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ހަމަ މިބީދައިން، ކުއްޖާއާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މަޢުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މަޢުލޫމާތެއް ހާމަކުރުމާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށްޓަކައި ޚާއްސަ އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ ޒާތީ މައުލޫމާތު، މީޑިއާގައި ހާމަކުރުން އެ ޤާނޫނުގެ ދަށުން މަނާ ކަމަކަށްވާތީ، އުސޫލުގައި އެކަންވެސް ވާނީ ހިމަނާފައެވެ. މީގެ އިތުރުން، ޤާނޫނު ނަންބަރު 2019/19 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ޙައްޤަށް އުނިކަން އަންނާނެފަދައިން، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ޢާންމުވިޔަނުދިނުމަށްވެސް މި އުސޫލުން ބާރު އަޅާފައިވާކަމ،ށް ނޫސްބަޔާނުގައި ވެއެވެ.

 އަދި މިއީ، ޢާލަމީވަބާގެ ޙާލަތުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް "ޗިލްޑްރަންސް އޮމްބަޑްސްޕަރސަން" ގެ އޮފީހުން އާންމުކޮށްފައިވާ އިރުޝާދުނާމާއިންވެސް އެ ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި، ނަމަވެސް، މި ބަޔާންކުރެވުނު ނުކުތާ ބައެއް މީޑިއާތަކަށް ފަހުމުވުމުގައި އޮޅުންއަރާފައިވާކަން، މި އުސޫލާ ގުޅިގެން މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ އެކި ޚަބަރުތަކުން އެ ކައުންސިލަށް ފާހަގަ ކުރެވިފައި ވާކަމަށްވަނީ ބުނެފައެވެ.

އެހެންކަމުން،އިސްވެދެންނެވުނު ފަދައިން މީޑިއާގައި ހާމަކުރުން މަނާވަނީ ކުޑަކުއްޖާއަކީ ކާކުކަން ދޭހަވެދާނެ ނުވަތަ ދެނެގަނެވޭނެފަދައެކުއްޖާގެ ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް، ތަސްވީރެއް، ނުވަތަ އޯޑިއޯއެއް، ވީޑިއޯއެއް ހާމަކުރުން ކަމަށްވެސް އެ ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް