ads
ބްލެކްޕިންކް
ބްލެކް ޕިންކް އެމީހުންގެ ފަސްވަނަ އަހަރީދުވަސް ފާހަގަކުރަން ތައްޔާރުވަނީ
ދެކުނުު ކޮރެޔާގެ މަޝްހޫރު ކޭ ޕޮޕް ބޭންޑު ބްލެކްޕިންކުން އެމީހުންގެ 5 ވަނަ އަހަރީދުވަސް ފާހަގަ ކުރަން ތައްޔާރުވަމުން އަންނަކަމަށް އެ ބޭންޑުން ބުނެފިއެވެ.

މި އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހު، ހުސްއަންހެން ކުދިން ހިމެނޭ ބްލެކްޕިންކަށް ފަސްއަހަރު ފުރުމާއި ދިމާކޮށް ސަޕޯޓަރުންނަށް އާ ކަންތައްތަކެއް ފެނިގެންދާނެއެވެ. 

ބްލެކްޕިންކް އޮފިޝަލް ޓުވިޓާގައި ވަނީ ފަސް ވަނަ އަހަރު ފުރުމާ ގުޅިގެން ''1+4 ޕްރޮޖެކްޓް'' ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.

"4+1 ޕްރޮޖެކްޓް" ގެ ނަމުގައި ކުރިޔަށްގެންދަން ހަަމަޖެހިފައިވާ މިޕްރޮޖެކްޓަކީ ބްލެކްޕިންކްގެ ސަޕޯޓަރުން ގެ ލޯތްބާއި ސަޕޯޓާއި އެންމެ އެކަށޭނެ ކަހަލަ ޕްރޮޖެކްޓެއް ކަމަަށް ވާނެ ކަމަށް އެ ގްރޫޕުން ބުނެއެވެ. 

މިކަމާއި ބެހޭ މާބޮޑު މައުލޫމާތެއް ބްލެކް ޕިންކުން ހާމަކޮށްފައެއް ނުވެއެވެ.

2016 ވަނަ އަހަރު އުފެދުނު މި ގްރޫޕުން ނެރުނީ އެންމެ ފުރަތަމަ އަލްބަމް "ސްކޮޔާ ވަން"އެވެ. އޭގެ ފަހުން މި ގުރޫޕުން ވަނީ މަޝްހޫރު އެތައް ލަވައެއް ނެރެފައެވެ. އެގޮތުން  ''އޭސް އިފް ޔުއަރ ލާސްޓް''، ''ކިލް ދިސް ލަވް'' ފަދަ ލަވަތައް ހިމެނެއެވެ. 

ބްލެކް ޕިންކަކީ ބީޓީއެސާއި އެއްފަދައަކުން ދުނިޔޭ ގެ އެކި ކަންކޮޅުތަކުން މަޝްހޫރުކަން ހޯދަމުންދާ ބަޔަކެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް