ads
މެކްކެންޒީ ސްކޮޓް
ބެޒޮސްގެ ކުރީގެ އަނބިކަބަލުން މިހާތަނަށް 8.5 ބިލިއަން ޑޮލަރު އިންސާނިއްޔަތައް ހޭދަކޮށްފި
މެކްކެންޒީ ސްކޮޓް އިތުރު 2.7 ބިލިއަން ޑޮލަރު އިންސާނިއްޔަތައް ހޭދަކުރަން ނިންމާފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި އެމޭޒަން ކުންފުނީގެ ވެރިއާ ޖެފް ބެޒޮސްގެ ކުރީގެ އަނބިކަބަލުން މެކެންޒީ މިހާތަނަށް އެހީގެ ގޮތުގައި ހޭދަކުރި އަދަދު ވަނީ 8.5 ބިލިއަން ޑޮލަރަށް އަރާފައެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް އޭނާ 8.5 މިލިއަން ޑޮލަރު އެކިއެކި އޯގަނައިޒޭޝަން މެދުވެރިކޮށް މީހުންނަށް އެހީވުމަށް ހޭދަކޮށްފައިވާއިރު އޭނާ ވަނީ އެހާ ކުރުމުއްދަތެއްގެ ތެރޭގައި މިލްކިއްޔާތުން އެހާ ބޮޑު އަދަދެއް އެހީއަށް ހޭދަކުރި މަދު މީހުންގެ ލިސްޓަށް އަރާފައެވެ.

މެކެންޒީ އާއި ޖެފް ބެޒޮސްގެ ކައިވެނި ރޫޅުމުން އުމުރުން 51 އަހަރުގެ މެކެންޒީގެ މިލްކިއްޔާތު ވަނީ 68 ބިލިއަން ޑޮލަރަށް އަރާފަ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓްގައި އެންމެ ފުރަތަމަ މެކެންޒީ ހިމެނުނީ 2019 ވަނަ އަހަރުގެ ކުރީކޮޅު އޭނާ އާއި ބެޒޯސްގެ 25 އަހަރުގެ ކައިވެނި ރޫޅައިލި އިރު ބަދަލެއްގެ ގޮތުން ލިބުނު ތަނަވަސްކަމާ އެކީގަ އެވެ.

އެ ދެމީހުންގެ ކައިވެނި ރޫޅައިލި އިރު، އެމެޒޯންގެ ހަތަރު ޕަސަންޓް ހިއްސާއާ އެކު 38 ބިލިއަން ޑޮލަރު ލިބުނެވެ. 

ކައިވެނި ރޫޅުމުން މެކެންޒީގެ މިލިކިއްޔާތު 68 ބިލިއަން ޑޮލަރަށް އެރި ނަމަވެސް މިހާރު އޭނާގެ މިލްކިއްޔާތުގައި ހުރީ 60 ބިލިއަން ޑޮލަރެވެ.

މެކެންޒީ ވަނީ ނިމިދިޔަ މާޗު މަހު ތެރޭގައި އޭނާގެ ދަރިފުޅު އުޅޭ ސްކޫލުގެ ސައިންސް ޓީޗަރަކާ ކައިވެނިކޮށްފިއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް