ads
ރިޝްމީ އާއި ޔޫޕެ
ރިޝްމީ ދެން ދުވަހުކުވެސް ޔޫއްޕެއާއެކު މަސައްކަތެއް ނުކުރާނެ
ފިލްމީދާއިރާއިން މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ އައިޝަތު ރިޝްމީ މިފަހުން ވަނީ އޭނާ ދުވަހަކުވެސް އެމީހަކާ އެކު މަސަައްކަތް ކުރަން ބޭނުންނުވާ މީހާގެ ނަން ހާމަކޮށްފައެވެެ.
Advertisement

ބައިސްކޯފްގެ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ރިޝްމީއާއި ކުރެވުނު ސުވާލަކީ އެމީހަކާ އެކީ މަަސައްކަތްކުރަން ބޭނުންނުވާ ފިލްމީ ފަންނާނަނީ ކޮބައިތޯ އެވެ؟ އެ ސުވާލަށް ޖަވާބު ނުދީފިނަމަ ޑެއާއެއް ނަގަންޖެހޭނެތީ ރިޝްމީ ވަނީ އެ ސުވާލަށް ޖަވާބުދީފައެވެ. 

ރިޝްމީ ބުނީ ޔޫއްޕެއާއިއެކު ދެން ދުވަހަކުވެސް މަސައްކަތް ކުރާނެހެން ހީނުވާކަމަށް ބުނެފަ އެވެ. އެފަހުން އޭގެ ސަބަބަކީ ކޮބާތޯ އެހެމުން ވެސް ރިޝްމީ ވަނީ ވަރަށް ހާމަކޮށް އެއީ ކީއްވެގެން ކަން ހިއްސާކޮށްފައެވެ. 

ރިޝްމީ ބުނީ އޭނާގެ ފުރަތަމަ ޑެބިއު ފިލްމު ކަމަށްވާ "ހުކުރު ވިލޭރޭ"ގައި އޭނާ މަސައްކަތްކުރީ ޔޫއްޕެއާ އެކު ކަމަށެވެ. އެދުވަސްކޮޅު އޭނާއަކީ ފިލްމީ ބެކްރައުންޑަކުން އާ މީހަކަށްވެސް ފިލްމީ ދާއިރާއަށް ވަރަށް އާ މީހެއް ކަމަށެވެ.

ފުރަތަމަ ޑެބިއު މޫވީ ނިންމާފައި، ރިޝްމީ ހަމަ ބުނާނީ އޭނާގެ އަންޕްރޮފެޝަނަލް ކަމުން ހަމަ ވީ ކަަމެކޭ، ދިމާވި މައްސަލައަކާއި ގުޅިގެން ރިޝްމީއަށް ބްލޭމްކޮށްފައި، ދެން އޭގެފަހުން މިސާލަކަށް ޔޫއްޕެއަށާ ރިޝްމީއަށާ ކުޅެން ލިބޭ ލަވަތަކުގައި ވެސް އޭނާ ބުނަނީ އުހު ރިޝްމީ އުޅެންޏަކާ ނުކުޅޭނަމޭ. ދެން އޭރުވާގޮތަކީ އައިވޯސް ވެރީ ނިއު އޭރު އެހެންވީމަ އާ މީހަކަށް ދިޔުމަށްވުރެ އެސްޓަބްލިޝް މީހާއަށް ދޯ ދާނީ. ސޯ ހަމަ ވަރަށް ބައިވަރު އެއްޗިއްސި ހަމަ ބިކޯސް އޮފް ހިމް ގެއްލުން" ރިޝްމީ ބުނެފައިވެއެވެ.

ރިޝްމީ އެެހެންކަމުން ރިޝްމީއަކީ އާ ކުއްޖަކާ ބަލާފައި ޔޫއްޕެ އެގޮތަށް ކަންތައް ކުރުމަކީ ވަރަށް އަންޕްރޮފެޝަނަލް ކަމެއް ކަމަށް ދެކޭ ކަމަށް ރިޝްމީ ބުނެފައިވެއެވެ. އެހެންކަމުން ޔޫއްޕެއާ އެކު މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް ރިޝްމީ ބުނެފައިވެއެވެ. 

ރިޝްމީ ބުނީ ސީޒަންއާއެކު ވެސް މަސައްކަތް ނުކުރާނެ ކަަމަށާއި ރިޝްމީގެ ޕްރެޖެކްޓެއްގައިވެސް އެދެމީހުން ލައިގެން މަސައްކަތް ނުކުރާނެ ކަމަށެވެ. 

17%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް