ads
ދިވެހި ކުޅުންތެރިން ފަހު މެޗުގައި
ފިލިޕީންސް އަތުން ޕޮއިންޓެއް ހޯދައިގެން ރާއްޖެ ޕްލޭ އޮފަށް
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި، ގްރޫޕުގެ ފަހު މެޗުގައި ފިލިޕީންސްއާ އެއްވަރުކޮށް، ޕްލޭ އޮފް ބުރުން ރާއްޖެއަށް ފުރުސަތު ލިބިއްޖެއެވެ. މުބާރާތް ރާވާފައިވާ ގޮތުން އެއްވެސް ޓީމެއް އަދި އަސްލު ނުކަޓައެވެ.

ފިލިޕީންސްއާ ރާއްޖެ ކުޅުނު މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ރާއްޖޭން ޖެހި ލަނޑު ޖެހީ އަލީ ފާސިރުއެވެ. މިއީ ދުބާއީގައި ކުރިއަށް ދިޔަ ފަހު މެޗުތަކުގައި ރާއްޖެއަށް ޖެހުނު ހަމަ އެކަނި ލަނޑުވެސް މެއެވެ. ފަހު މެޗުތަކުގައި ރާއްޖެ ކޮޅަށްވަނީ ދިހަ ލަނޑު ވަދެފައެވެ. އެއީ ސީރިއާއިން ޖެހި ހަތަރު ލަނޑާ، ޗައިނާއިން ޖެހި ފަސް ލަނޑުގެ އިތުރުން ފިލިޕީންސުން ޖެހި ލަނޑެވެ.

ފަސް ޓީމު ހިމެނޭ ގްރޫޕު ރާއްޖެ ނިންމާލީ ހަތަރުވަނައިގަ އޮވެއެވެ. މުބާރާތް ރާވާފައިވާ ގޮތުން، އަދި ފަހުން ގެނައި ބަދަލަކާ އެންމެ ފުލަށްދާ ޓީމުތައް ދާނީ އަނެއްކާވެސް ޕްލޭ އޮފަކަށެވެ. ރާއްޖެ ގްރޫޕުން ރާއްޖެއާ ގުއާމް ޕްލޭ އޮފް ބުރަށް ދާއިރު ވާދަކުރާނީ ހުރިހާ ގްރޫޕެއްގެ އެންމެ ފުލަށްދާ ޓީމުތަކުން ނެގޭ ގުރުއަތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް