މިހިދުމަތް ލ.ކަލައިދޫއިން ހޯއްދަވާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބިވަޑައިގެންނަވާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ޔޫރޯ 2020 އާއި ގުޅިގެން އުރީދޫން ކުރިއަށް ގެންދާ ޙާއްސަ ޕްރޮމޯޝަންގެ ދަށުން މެޗްބަލާލުމަށް ސުޕަނެޓް 50 އެމް އާއި 100 އެމް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލައިވް ޕްރީމިއަމް 1 މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެކަމަށް އުރީދޫއިން އިތުރަށް ވިދާޅުވިއެވެ.
"މި ޕެންޑަމިކާއި ގުޅިގެން އަޅުގަނަޑުމެންނަށް ދިމާވެފައިވާ ދަތިތަކާއެކުވެސް އަޅުގަނޑުމެންގެ ޓީމުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އިންޓަނެޓް ފޮރުކޮށްދިނުމައްޓަކާ. އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު މި ވަނީ އިތުރުވެ އިންޓަނެޓް ގެ މުހިންމުކަން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެހެންކަމުން ލ.ކަލައިދޫގެ ރައްޔިތުންނަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް ފޮރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުން ކުރުމުގެ ހިދުމަތް ހުޅުވާލުމަކީ އަޅުގަނޑުމެންނަށް ލިބުން ވަރަށް ބޮޑު އުފަލެއް .ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭ ގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން" އުރީދޫ ގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިމުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ދާދި ފަހުން އުރީދޫ ސުޕާރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށް ފައެވެ. މި ބަދަލުތަކުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނައް 5 ގުނަ އިތުރު ސްޕީޑާއި އެކު %68 އާއި ހަމަޔަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެން ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބިގެންދެއެވެ. މި ގޮތުން ލ.ކަލައިދޫ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް ލިބިގެންދާނެއެވެ.
އުރީދޫގެ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމުން މި ހިދުމަތާއި ބެހޭ އިތުރު މައުލޫމާތު ލިބޭނެއެވެ.