ads
ކާޖޮލްގެ އާއިލާ--
ކައިވެނީގެ ކުރިން އަޖޭ ކައިރިން ކާޖޮލް އެދުނީ ކޮންކަމެއްކަން އެނގޭތަ؟
ކައިވެނީގެ ކުރިން އަޖޭ ކައިރިން ކާޖޮލް ވަނީ ވަރަށް ތަފާތު ކަމަކަށް އެދިފައެވެ.
Advertisement

ވިހި އަހަރަށް ވުރެ ގިނަ ދުވަހު އެކުގައި ހޭދަކޮށްފައިވާ ކާޖޮލް އަދި އަޖޭގެ ޖޯޑަކީ އެމީހުންގެ ފޭނުން ވަރަށް ލޯބިވާ އަދި ގުޅޭ ޖޯޑެއް ކަމަށް ފާހަގަކުރާ ޖޯޑެެކެވެ. ހަމަ އެހެންމެ އެކުގައި އެހާ ގިނަ ދުވަސް ހޭދަކުރުމުން ފޭނުންވެސް ދަނީ މިސާލަކަށް ވެސް އެ ޖޯޑު ނަގަމުންނެވެ. 

ނަމަވެސް އަޖޭ އާ ކައިވެނި ކުރުމުގެ ކުރިން ވަރަށް ތަފާތު ޝަރުތެއް ކާޖޮލް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވަނީ އިންޓަވިއުގެއްގައި ބުނެފައެވެ. އެގޮތުން ކާޖޮލް ވަނީ ވަރަށް ދިގު ވެކޭޝަނަކަށް ކާޖޮލް ގެންދަން އަޖޭ ގާތުން އެދިފައެެވެ. 

ކާޖޮލްގެ ޝަރުތު ގަބޫލުކޮށް ކާޖޮލް ގޮވައިގެން ވެކޭޝަަނަށް އަޖޭ ވަނީ ގޮސްފައެވެ. އެހެން ނަމަވެސް ކާޖޮލް ބުނީ އަޖޭ އެއަށްފަހު ޖެހުނީ  އަޖޭ ބަލިވެގެން ގެޔަށް އަންނަން ކަމަށާއި އަދި ހޮސްޕިޓަލަށް ގެންދަން ކަމަށެވެ.

އަޖޭ އާއި ކާޖޮލްގެ ކައިވެންޏަށް 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ދެމަފިރިންނަށް ވަނީ ދެ ދަރިންވެސް ލިބިފައެވެ. 

5%
ކަމުގޮސްފި
55%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް