ads
އަފްރާހު: އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވީ ރޭ ބޭއްވި ޖަލްސާއެއްގައި--
ކުރިނބީ ކައުންސިލުގެ ރައީސް އެމްޑީޕީއަށް
ހދ. ކުރިނބީ ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހު، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ހދ. ކުރިނބީ ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހު، ސަރުކާރު ހިންގާ ކޮލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

އެރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި އަފްރާހު އެމްޑީޕީއަށް ސޮއި ކުރެއްވިއިރު ކުރިނބީ ހިމެނޭ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކުރިނބީގައި ކުރިން ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އަފްރާހަކީ ފާއިތުވި ތިން ދައުރުގައި ވެސް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި މެމްބަރެކެވެ. އެގޮތުން އެންމެ ފުރަތަމަ ޑީއާރުޕީގެ ޓިކެޓުގައި އޭނާ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވިއިރު ދެވަނަ ފަހަރާއި ތިން ވަނަ ފަހަރު ކައުންސިލަށް ހޮވިވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވަ އެވެ.

އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތުމާއެކު މިހާރު އެ ކައުންސިލަށް ވަނީ އެމްޑީޕީގެ މެޖޯރިޓީ ލިބިފަ އެވެ. ކުރިނބީ ކައުންސިލުގެ ނައިބް ރައީސް ފިޔަވައި ދެން ތިއްބެވި ދެ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް