ads
ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު (އިއްސެ)
ދީނުގެ ދިފާއުގައި ބުަނަންޖެހޭ އެއްޗެއް ބުނާނަން: ފުވައްމުލަކު މޭޔަރު
ދީނުގެ ދިފާއުގައި ބުނަންޖެހޭ އެއްޗެއް ބުނާނެކަމަށް ފުވައްމުލަކު ކައުންސިލުގެ ރައީސް އިސްމާއިލް ރަފީޤު ވިދާޅުވެއްޖެއެވެ.

ރަފީގު މިހެން ވިދާޅުވެފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް ވޯޓު ދެެއްވި އެމްޑީޕީ ހަތަރު މެމްބަރުންނަށް ތާއިދުކުރައްވާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

މިކަމާ ގުޅިގެން  ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އިސްމާއިލް ވިދާޅުވީ، އަބަދުވެސް މަޖިލީހުން ނިންމަންޖެހޭ ނިންމުންތަކާމެދު ދާއިރާގެ މެމްބަރުންނާ މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި އެ ބިލްގެ ބައެއް މާއްދާތައް ހުރިގޮތުން ދީނަށް މަލާމާތްކުރާ ބަޔަކާ ދެކޮޅަށް އެއްޗެއް ބުނުން ހަނިވެގެންދާނެ ކަމަށެވެ. އެގޮތުން އެފަދަ ކަންކަމަށް ރައްދު ދީފި ނަމަ، ގާނޫނުގެ ބައެއް މާއްދާތަށް ހުރި ގޮތުން، އެކަމަށް ފިޔަވަޅު އެޅެންހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ބިލްގެ ބައެއް މާއްދާތައް އިބާރާތްކޮށްފައި ހުރި ގޮތުން ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

"ބިލްގެ ބައެއް މާއްދާތައް އިބާރާތްކޮށްފައި ހުރި ގޮތުން ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭކަމަށް ގަބޫލުކުރެވޭތީ އެ ބިލް މަޖިލީހަށް ބަލައިނުގަތުމަށް ފުވައްމުލަކު ތިން މެމްބަރުން ވޯޓު ދެއްވީތީ ޝުކުރިއްޔާ. ޚިޔާލު ފާޅުކުރުން ހަނިކޮށްގެންވެސް އަދި އެނޫން ގޮތަކަށްވެސް ދީނީ ޝިއާރު ފާޅުކުރުމަށް ނުވަތަ ދީނާ ދެކޮޅު ފަރާތްތަކާ ދެކޮޅަށް ބަސްބުނުމަށް ހުރަސްއެޅޭ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ހެދިގެން ނުވާނެ." ފުވައްމުލައް މޭޔަރު 

އޭނާ އިތުރަށް ވިދާޅުވި ފޭސްބުކް ޕޯސްޓްގެ މައިގަނޑު މަގުސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ދީނުގެ ދިފާއުގައި ބުންނަންޖެހޭ އެއްޗެއް ބުނުންކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް