ads
އިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއްގެ މަންޒަރު
އާ ސަރުކާރާއެކު އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފަށައިފި
އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން އާ ސަރުކާރެއް އެކުލަވާލިތާ ކުޑަދުވަސްކޮޅެއް ނުވަނީ އަނެއްކާވެސް ގާޒާއަށް ހަމަލާދޭން ފަށައިފިއެވެ.

އިޒްރޭލުން ވައިގެ މަގުން ގަޒާއަށް ހަމަލާދޭން ފަށައިފައި މިވަނީ އިރުމަތީ ގުދުސްގައި އެގައުމުގެ ސަރުކާރުގެ ހުއްދައާއެކު ޔަހޫދީންގެ ބޮޑު ހިނގާލުމެއް ބޭއްވުމުން އެކަމާ ނުރުހުންފާޅުކޮށް މުޒާހަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ހިނގާލުމަކީ 1967 ވަނަ އަހަރު އަރަބި އިޒްރޭލު ހަނގުރާމައަށް ފަހު ޔަހޫދީން އިރުމަތީ ގުދުސް އަށް ވެރިވެގަތް ދުވަސް ފާހަގަ ކުރަން ބާއްވާ ހަރަކާތެކެވެ. އެ ހިނގާލުމުގައި ޔަހޫދީ ހަރުކަށި ފިކުރުގެ މީހުން ވަނީ އަރަބިން މަރަން ގޮވައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ވެސް ފުރައްސާރަކޮށްފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާގޮތުގައި ބުދަ ދުވަހު ދަންްވަރު ވަގުތެއްގައި އިޒްރޭލުން ވަނީ ގާޒާއަށް ހަމަލާދޭން ފަށާފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ހަމަލާދޭން ފެށީ އިޒްރޭލުގެ 20 ކޮމްޕައުންޑެއްގައި، ފަލަސްތީނު މީހުން ފޮނުވާ އަލިފާން ފުއްޕާހަމުގެ ސަބަބުން ރޯވެފައިވާތީ ކަމަށެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި އަނިޔާވި މީހުންގެ ތަފްސީލެއް އަދި ނުލިބެއެވެ.

ބޮޑުވަޒީރު ނަފްތާލީ ބެނެޓުގެ ސަރުކާރަށް އަދި ހަފްތާއެއް ނުވެ އުޅެނިކޮށް ގާޒާއަށް ވަރުގަދަ ހަމަލާދޭން ފަށާފައިވާއިރު ނަފްތާލީ އަކީ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ވުރެ ހަރުކަށި މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އެންމެ ފަހުން ރަމްޟާން މަހުގެ ފަހު ދިހައިގެ ދުވަސް ތަކުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި، ފަލަސްތީނުގެ 256 މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި 66 ކުޑަކުދިން ހިމެނެ އެވެ. 

ހަމަލާތަކުގައި އިޒްރޭލުގެ 12 މީހުން މަރުވިއިރު އޭގެތެރޭގައި ހިމެނެނީ ދެ ކުޑަކުދިންނެވެ. އިޒްރާއީލުގެ ރަހުމެއް ނެތް ހަމަލަތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޒަހަމުވެ، އެތައް ބައެއްގެ ގެދޮރު ނެތި ގޮސް، މަގުމަތިވެފަ އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ތެރޭގައި ދޭން ފެށި ހަމަލާތައް އީދު ދުވަހު ވެސް ކުރިއަށް ދިޔައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް