އަނުޝްކާ ޝަރްމާ އާއި ރިތިކް ރޯޝަން އެކުގައި ފެނިގެންދާ ފިލްމު 2021 ވަނަ އަހަރު ނެރުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

Advertisement
އަނުޝްކާ ޝަރްމާ އާއި ރިތިކް ރޯޝަން އެކުގައި ފެނިގެންދާ ފިލްމު 2021 ވަނަ އަހަރު ނެރުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި 1982 ވަނަ އަހަރު ނެރުނު ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކުގައި މަސައްކަތް ކުރަން އަނުޝްކާ އާއި ރިތިކްއަށް ވަނީ ހުށަހަޅާފައެވެ.
އެގޮތުން އަނުޝްކާ މިހާރު އެފިލްމި ކުޅުމަށް އެއްބަސްވެފައިވާއިރު ފިލްމަށް ރިތިކް އަދި އެއްޗެއް ބުނެފައި ނުވާ ވާހަކަ އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. އެފިލްމު މަސައްކަތް އަންނަ އަހަރު ފެށޭއިރު ނެރުމަށް ނިންމާފައިވަނީ 2021 ވަނަ އަހަރުގެ ކުރީ ކޮޅު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް ފިލްމާ ބެހޭ ރަސްމީ މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ކްރިޝް ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފައިވާ ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ "ވޯ" އިންނެވެ. އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރި އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ "ޒީރޯ" އިންނެވެ.