ads
ނުޒޫ އާއި ރިޝްމީ
އަންހެންކުދިންނަށް ރިޝްމީއާއިނުޒޫގެ މެސެޖެއް
ހަޔާތުގެބައިވެރިއެއް ޗޫސް ކުރުމާގުޅޭގޮތުން ދިވެހި އަންހެންކުދިންނަށް ނުޒުހަތުޝުއައިބް(ނުޒޫ)އާއި އައިޝަތުރިޝްމީ މިވަނީ މެސެޖެއްދީފައެވެ.
Advertisement

ބައިސްކޯފުން ގެނެސްދޭ "ތުންތުންމަތިން" ޕްރޮގްރާމުަގައި މި ހަފްތާގެ ގެސްޓުންގެ ގޮތުގައި ބައިވެރިވެ ރިޝްމީ އަދި ނުޒޫ ވަނީ އެދެތަރިންގެ ޕާސަނަލް ލައިފް އާއި ބެހޭގޮތުން ދެކެވިފައި ހުރި ވާހަކަތަކާ ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދީ ހަޔާތުގެ އެކި ކަންކަން މި ޕްރޮގްރާމްގައި ހިއްސާ ކޮއްފައެވެ.

އެގޮތުން މި ދެތަރިންގެ ވެސް ފުރަތަމަ ކައިވެނި ރޫޅި މިހާރު ވަނީ ދެވަނަ ކައިވެންޏެއް ކުރެވިފައެވެ. އެހެންކަމުން ޕްރޮގްރާމުގައި ވަނީ މި ދެތަރިންނާވެސް ފުރަތަމަ ކައިވެނި ރޫޅުނު ސަބަބަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެމުން ނުޒޫ ބުނީ ކައިވެނި ރޫޅެން ދިމާވި މައިގަނޑު ސަބަބަކީ ކުރީގެ ފިރިމީހާ އަނިޔާ ކުރާތީކަމަށެވެ. ރިޝްމީގެ ކައިވެނި ރޫޅެން ދިމާވި ސީދާ ސަބަބު ހާމަ ނުކުރި ނަމަވެސް އެ ކައިވެނި ރޫޅުނީ ފިލްމީ ދާއިރާ އާއި ގުޅުން ހުރި މައްސަލައެއްގައި ނޫންކަން ރިޝްމީ ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން މި ދެ ތަރިންވެސް ވަނީ ހަޔާތުގެ ބައިވެރިއެއް ހޯދާއިރު ވިސްނަންޖެހޭނެ ކަންކަން ކިޔައިދީފައެވެ. އެގޮތުން ނުޒޫ ބުނެފައިވަނީ މިހާރުވެސް މީހުން ކިޔާފާނެ އެއްޗަކަށް ވިސްނައި، ތިމާ ބޭނުންވާ ކަންކަން ކުރަން ޖެހިލުންވާ މީހުން ދިވެހިންގެ ތެރޭގައި މަދެއް ނޫންކަމަށެވެ. އަދި އަނިޔާވެރި ބައިވެރިއެއް ލިބުމުން އެބައިވެރިޔާ ދޫކޮށްލަން ނުކެރި މަޖުބޫރީ ހާލަތުގައި ދިރިއުޅޭ މީހުން އެބަތިބި ކަމަށެވެ. އަދި މާ ގިނަ މީހުންނާ ކައިވެނިކުރުމުން މީހުން ދެކޭނީ ކިހިނެއްތޯ ވެސް މިހާރު އުޅޭ ބައެއް އަންހެން ކުދިން ވިސްނާ ކަމަށް ނުޒޫ ބުނެފައިވެއެވެ. އެހެން ނަމަވެސް މީހަކު ކިޔާފާނެ އެއްޗަކަށް ވިސްނައި އެކަަހަލަ ގުޅުމެއް ކުރިޔަށް ގެންދަން އުޅެގެން މީހާ ނުވަތަ ކައިރީގަ އެމީހަކަށް އެހީވާން ތިބި މީހުން ހަލާކުވުމަށްވުރެ އެކަކު ދުރުކޮށްލުން ރަނގަޅު ވާނެކަމަށް ނުޒޫ ބުންޏެވެ. އެކަހަލަ ރިލޭޝަނެއް ދަމަހައްޓަން މަސައްކަތް ކުރާނަމަ އަމިއްލަ މީހާގެ އިތުރުން ކައިރީގައި އުޅޭ މީހުންވެސް ވަރަށް ބޮޑަށް ބްރޭކް ވާނެކަން ނުޒޫ ފާހަގަ ކުރިއެވެ.

އެހެންނަމަވެސް ނުޒޫ މިވަނީ އޭނާގެ ހަޔާތުގައި ދިމާވި އަނިޔާވެރި ބައިވެރިޔާގެ ކިބައިން ސަލާމަތްވެ އާ ދިރިއުޅުމެއް ފަށާފައެވެ.

ރިޝްމީ މިކަމުގައި ބުނެފައިވަނީ ހަޔާތުގެ ބައިވެރިއެއް ޗޫސް ކުރާއިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. ހަޔާތުގެ ބައިވެރިޔާ ވާން ވާނީ ދިރިއުޅުމުގައި ދިމާވެދާނެ ކަންކަމަށް ވިސްނައި އެކަންކަން އަންޑަސްޓޭންޑު ވާ ވަރުގެ މީހަކަށް ކަމަށެވެ. މިހާރުގެ ދިރިއުޅުމުގައި މި ދެ ތަރިންވެސް ފެނިގެން ދަނީ ނުހަނު އުފާވެރި ކޮށެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައިވެސް މި ދެ ތަރިންނަކީ ޑިސިޕްލިން ރަނގަޅު ތަރިންގެ ގޮތުގައި ފާހަގަ ކޮއްލެވޭ ތަރިންނެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް